ދިވެހިރާއްޖެ
އެމްޓީސީސީ ޓަވަރގެ ޓެރޭސްގައި ތަނެއް ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ MTCC-PD/IU/2020/0304 (09 ޖޫން 2021) އިއުލާން ބާތިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުން |
20 ސެޕްޓެމްބަރ 2021 |
ހޯމަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
27 ސެޕްޓެމްބަރ 2021 |
ހޯމަ |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑިއަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޚާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.