މަސައްކަތް
ނަންބަރު: (IUL)VRHC\2021\01
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 22 ސެޕްޓެންބަރު 2021 13:30
ފެލިދެއަތޮޅު ރަކީދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވ. ރަކީދޫ ހެލްތްސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ވ. ރަކީދޫ ހެލްތްސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއިއެކް  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.  ނުވަތަ 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 އާއި ހަމަޔަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް މިހެލްތް ސެންޓަރަށް ނުވަތަ ވ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވެވުން އެދެމެވެ.   އަދި 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މިހެލްތްސެންޓަރާއި ވ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ސެޕްޓެމްބަރ  2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ވ. އަތޮޅު ހޮސްޕިޓަލާއި (ވ. ފެލިދޫ) ، ވ. ރަކީދޫ ހެލްތްސެންޓަރުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.

މި އިޢްލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 21 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. 

އަދި ދެވިފައިވާ ފުރުސަތުގައި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 ސެޕްޓެމްބަރ 2021

13 ސެޕްޓެންބަރު 2021