އިއުލާން
ވަޒީފާގެ ފުރުސަތު:
|
ސީނިއަރ އަ.އި.ޓީ އޮފިސަރ
|
މަޤާމް
|
ސީނިއަރ އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު 6000 އާއި 8500 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގް އެލަވަންސް: މަހަކު 3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ކޯޕަރޭޓް ސަރވިސަސް
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދަށްވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ ޝަރުތުތައް
|
- ކޯޕަރޭޝަނުން ބޭނުންވާ އަ.އި.ޓީ އާއި ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން
- ޑިޕާރޓްމަންޓް ތަކުން އެދިއްޖެ ކޮންމެ ހިނދެއްގައި އެތަންތަނަށް ބޭނުންވާ އަ.އި.ޓީ އާއި ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގައި ކުރެވޭ އީމެއިލްގެ މުޢާމަލާތްތައް އީމެއިލް ސަރވަރ މެދުވެރިކޮށް ކުރެވޭ ފެންވަރަށް އިންސްޓޯލްކޮށް ބެލެހެއްޓުން.
- ކޯޕަރޭޝަންގެ ނެޓްވޯކާއިގުޅޭ އެންމެހާ މަސައްކަތްތައް ކުރުމާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ޙައްލުކޮށް ނެޓްވޯރކްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
- ކޯޕަރޭޝަންގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
- ކޯޕަރޭޝަންގައި ކޮމްޕިއުޓަރ ނެޓްވޯރކް ޤާއިމް ކުރުމާއި އިންފޮމޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސާރވަރ ބެލެހެއްޓުން.
- ކޯޕަރޭޝަންގެ ނެޓްވޯރކް ބެކްބޯންގައި ބޭނުންކުރާ ހުރިހާ ނެޓްވޯރކް އިކުއިޕްމަންޓްސް އަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް އެ މެނޭޖްކޮށް ބެލެހެއްޓުން.
- ކޯޕަރޭޝަންގައި ބޭނުންކުރާ އައިޓީ ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
- އައު ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި ނެޓްވާރކްއާ ގުޅާލުން.
- ކޯޕަރޭޝަންގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް އަށް ދިމާވާ މައްސަލަތައް މޮނީޓަރކޮށް ޙައްލުވަންދެން އެ މަސައްކަތް ކުރުން.
- ކޯޕަރޭޝަންގެ ތެރޭގައި ބޭނުންކުރެވޭ އައި.ޓީ އާއި ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުން.
- ކޯޕަރޭޝަންގެ ވެބްސައިޓް، އެންޓިވައިރަސް އަދި އިންޓަރނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކޯޕަރޭޝަންއިން ބޭނުންކުރާ އިންފޮރމޭޝަން ޓެކްނޮލޮޖީއަކީ ޒަމާނަށްފެތޭ، ކޯޕަރޭޝަންގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއަށް ދިޔުމުގައި އެންމެ އެކަށީގެންވާ ޓެކްނޮލޮޖީކަން ކަށަވަރުކޮށް، އިޞްލާޙުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޤަވާޢިދުން އިޞްލާޙުކުރުން.
- ކޯޕަރޭޝަންގެ އެކިއެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ހޯދުން.
- ކޯޕަރޭޝަނުންގެ ފަރާތުން ކުރިއަށް ގެންދާ އިވެންޓުތައް ހިނގާ ވަގުތުގައި ފޯރުކޮށްދޭންޖެހޭ އެންމެހާ އަ.އި.ޓީ ސަޕޯޓް ފޯރުކޮށްދިނުން.
- އީ.ގަވަރމަންޓް އަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ކަމާބެހޭ ޑިޕާރޓްމަންޓް އަށް މަޢުލޫމާތުދީ އެކަމެއް، އެއާއި ގުޅޭ މުވައްޒަފުންނަށް ޚައްލުކޮށްދިނުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު އިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލްކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
22 ސެޕްޓެންބަރު 2021 ވާ ބުދަ ދުވަހު 12:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކްއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު (14:00 އަށް ގުޅާނީ 3336725 ނަންބަރު ފޯނަށް.
|
އިތުރު މަޢުލޫމާތު
|
06 ޞަފަރު 1443
13 ސެޕްޓެންބަރު 2021
|