ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2021-410
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 21:31
ސުންގަޑި: 14 ސެޕްޓެންބަރު 2021 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ މެރިން ޓްރާންސްޕޯރޓް ޑިވިޜަންގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ކޭޝިއަރ

 

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރޭޑިންގ ޑިވިޜަން - އެމްޓީސީސީ ސޯމިލް

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 11،000 ރުފިޔާ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު - ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • ޖީ.ސީ.އީ އޯ ލެވެލް  އެކައުންޓްސް ނުވަތަ ހިސާބު ހިމެނޭގޮތަށް މަދުވެގެން 3 މާއްދާއިން ދަށްވެގެން "C" ފާސް ލިބިފައިވުން ނުވަތަ
  • އެމްއެންކިއުއެފް ލެވެލް 03 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ޖީ.ސީ.އީ އޯ ލެވެލް  އެކައުންޓްސް ނުވަތަ ހިސާބު މާއްދާއިން ދަށްވެގެން "C" ފާސް ލިބިފައިވުން
  • ކޭޝް ހެންޑްލިންގ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

ކަނޑައަޅާފައިވާ ޢުސޫލުގެ މަތިން ފައިސާ ބަލައިގަނެ،  ޑިވިރަންގެ ތިޖޫރީއާއި ޕެޓީކޭޝް ބަލަހައްޓައި، އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ތަފްޞީލް ސިސްޓަމަށްއަޅައި  ފަރުވާތެރިކަމައިއެކު ބެލެހެއްޓުން.

މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers އިން ފެންނަން ހުންނާނެއެވެ.

 

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 14 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 15 ސެޕްޓެމްބަރ 2021 ން 22ސެޕްޓެމްބަރ 2021އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

3001100

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓިން އެވެލުއޭޝަންއަށް ފަހު އެންމެ މަތިން މާކްސް ލިބޭ 10-15 ފަރާތްތަކާއިއެވެ. ޝޯޓްލިސްޓް ކުރުމުގައި ތަޢުލީމާއި ތަޖުރިބާ(ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

09 ސެޕްޓެމްބަރ 2021

 

12 ސެޕްޓެންބަރު 2021