ދިވެހިރާއްޖެ
ކައުންސިލްތަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމާ ބެހޭ ޤަވާއިދު ނަންބަރު 2020/R-22 ގައިވާގޮތުގެ މަތިން ،ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކުންފުނިތަކާއި އެކު ހަދަންޖެހޭ އެއްބަސްވުން ހެދުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް ލަފާދޭނެ ފަރާތެއް ހޯދުމަށް 04 ސެޕްޓެމްބަރ 2021 ގައި ކުރެވުނު ނަންބަރު: (IUL)425-A2/1/2021/198 އިޢުލާނާއި ގުޅިގެން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު އެކަށީގެންވާ ގޮތަކަށް ހިއްސާކުރެވިފައިނުވާތީ އަގު ހުށަހެޅުމަށް ދީފައިވާ ތާރީޚް ތިރީގައިވާ ގޮތަށް ފަސްކޮށްފީމެވެ.
| 
 | ތާރީޚް | ގަޑި | ތަން | 
| އަގު ހުށަހެޅުން | 19 ސެޕްޓެމްބަރ 2021 | 12:00 | ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ | 
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- · އިތުރު މަޢުލޫމާތު:
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ / 4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3323901 / އީމެއިލް: [email protected]