ދިވެހިރާއްޖެ
ފުވައްމުލަކު ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމަށްޓަކައި ބޭނުންވާ ވެލި ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވެލި ނެގުމަށް ފަޅުރަށެއް ނުވަތަ ފަޅެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެކަމަށް، 19 މާރިޗު 2014 ގައި ފުވައްމުލަކު ރައްޔިތުންނާ މުޙާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކާއި ގުދުރަތީގޮތުން ތަފާތުކޮށް އުފެދިފައިވާ އަތޮޅަކަށް ވެފައި، އަދި ފުވައްމުލަކު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ވެލި ނެގުމަށް ވަކި ސަރަޙައްދެއް ކަނޑައަޅާފައި ނުވާތީ، އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގދ. އަތޮޅު އޮޑެގައްލާ ފަޅު (ގދ. މަހުޓިގަލާގެ އިރުދެކުނުން 3 މޭލު އަދި، ކަޑަހަލަގަލާގެ އިރު އުތުރުން 1.5 މޭލު، ޠުލު: 73°13'5.26"E، ޢަރްޟު: 0°15'51.19"N)، ފުވައްމުލަކު ރައްޔިތުންގެ ބޭނުންތަކަށް ވެލި ނެގުމަށް ޚާއްޞަ ފަޅެއްކަމުގައި ސަރުކާރުން ކަނޑައަޅާފައިވާކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
24 ޝަޢުބާން 1435