ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރޮޖެކްޓްގެ ނަން: ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް
ސެކްޓަރ: ފައިނޭންސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ޕްރޮޖެކްޓް އައި.ޑީ: P145317
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް ވާރލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން 6.5 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީއެއް ހޯދުމަށްވަނީ ޤަސްދުކުރެވިފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދެފުއްފެންނަ ގޮތެއްގައި ބަޖެޓް ބެލެހެއްޓުން ހަރުދަނާކުރުމާއި، ދައުލަތުގެ ފައިސާ ޚަރަދުކުރެވޭ ގޮތުގެ ހިސާބުތައް ތައްޔާރުކުރުން ހަރުދަނާކުރުމެވެ.
- މި މަޝްރޫއުގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ތަންފީޛުކުރުމަށްޓަކައި ބޭނުންވާ އާލާތްތައް ގަތުމާއި، ކޮންސަލްޓަންސީ އަދި އެހެނިހެން ޚިދުމަތްތަކާއި، މަސައްކަތްތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.
މިމަޝްރޫޢުގެ މަސައްކަތްތައް ބަހާލެވިފައިވާ މައިގަނޑު ބައިތަކަކީ:
- ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާކުރުން:
- ދައުލަތުގެ މާލީނިޒާމުގެތެރޭގައިހިމެނޭ ޤާނޫނީ އޮނިގަނޑު ރިވިއުކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ލަފާދިނުން.
- ދައުލަތުގެ މާލީނިޒާމުގެ ޤާނޫނީ އޮނިގަނޑަށް ހުށަހެޅޭ ބަދަލުތަކުގެ ކޮމިޔުނިކޭޝަން ސްޓްރެޓަޖީއެއް ތަންފީޛުކުރުން.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިދާރީ އޮނިގަނޑު ރިވިއުކޮށް ހަރުދަނާކުރުން.
- އިކޮނޮމިކް އަދި ފިސްކަލް ޕްލޭނިންގ ހަރުދަނާކުރުން.
- ހަރުދަނާ މީޑިއަމް-ޓާރމް ފިސްކަލް ފްރޭމްވާރކެއް ތައްޔާރުކުރުން.
- ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ރިވިއު ގައިޑްލައިންސް ތައްޔާރުކުރުމަށް މުވައްޒަފުންނަށް ތަމްރީނު ދިނުން.
- ކެޕިޓަލް ޕްރޮޖެކްޓުތަކަށް އިސްކަންދޭނެ ގޮތުގެ ތަރުތީބު ކަނޑައަޅާނެ އުސޫލެއް ގާއިމުކުރުން.
- އިންފޮމޭޝަން ޓެކްނޮލޮޖީ ހާރޑްވެއަރ އަދި ސޮފްޓްވެއަރ ހޯދުން.
- މީޑިއަމް-ޓާރމް ޑެޓް މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީނު ދިނުން.
- ދައުލަތުގެ ފައިސާ މެނޭޖްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން.
- ބަޖެޓު ހިންގުން ހަރުދަނާކުރުން:
- ބިޒްނަސް ޕްރޮސެސް ރިވިއުކޮށް، ރިވިއުގެ ތެރެއިން ހުށަހެޅޭ ކަންތައްތައް ތަންފީޛުކުރުން.
- ދައުލަތުގެ މާލީނިޒާމުގައި ހިމެނޭ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްތަކުގެ މާސްޓަރ ޕްލޭނެއް ތައްޔާރުކޮށް ތަންފީޛުކުރުން.
- އެންޓަރޕްރައިސް ސޮފްޓްވެޔަރއަށް މުވައްޒަފުން ތަމްރީނުކުރުން.
- އިންފޮމޭޝަން ޓެކްނޮލޮޖީ ހާޑްވެޔަރ އަދި ސޮފްޓްވެޔަރ ހޯދުން.
- ހާޑްވެއަރ އަދި އެންޓަރޕްރައިސް ސޮފްޓްވެއަރ ލައިސަންސް މެއިންޓަނަންސް އުސޫލެއް ޤާއިމުކުރުމާއި، އެންޓަރޕްރައިސް ސޮފްޓްވެއަރ އެކްސްޕާޓުންނަށް އުޖޫރަ ހަމަޖެއްސުން.
- އިންޓަރނަލް ފައިނޭންޝިއަލް ކޮންޓްރޯލްސް، އިންޓަރނަލް އޮޑިޓް އަދި ޕްރޮކިއުމަންޓް މެނޭޖްމަންޓް ޕްރެކްޓިސް ހަރުދަނާކުރުން.
- ޕްރޮޖެކްޓް މެނޭޖްމަންޓް:
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މި މަޝްރޫޢުގެ ޕްރޮޖެކްޓް ކޯޑިނޭޝަން، މޮނިޓަރިންގ އެންޑް އިވެލުއޭޝަން، އެޑްމިނިސްޓްރޭޝަން، ކޮމިއުނިކޭޝަން، ޗޭންޖް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓްގެ މަސައްކަތްތަކަށް ބޭނުންވާ އެހީ.
މި މަސައްކަތްތައް ބީލަމަށް ހުޅުވާލުމުގައި ޢަމަލުކުރަމުންގެންދަނީ ވޯލްޑް ބޭންކުންދޭ ލޯންތަކާއި، އައި.ޑީ.އޭ. ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ބީލަމަށް ހުޅުވާލުމަށް އެ ފަރާތުން ތައްޔާރުކޮށްފައިވާ ޖެނުއަރީ 2011ގެ ގައިޑްލައިނާއި އެއްގޮތަށް މި އުސޫލުގެ ދަށުން ބީލަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށެވެ. އަދި ހަމަ މިގޮތަށް ކޮންސަލްޓަންސީ މަސައްކަތްތަކަށް މީހުން ހޮވުމުގައިވެސް ޢަމަލުކުރެވެމުން ގެންދާނީ ވާލްޑް ބޭންކުންދޭ ލޯންތަކާއި، އައި.ޑީ.އޭ. ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫއުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެ ފަރާތުން ތައްޔާރުކޮށްފައިވާ ޖަނަވަރީ 2011ގެ ގައިޑްލައިނާ އެއްގޮތަށެވެ.
މި މަޝްރޫޢުގެ މަސައްކަތްތަކަށާއި ކޮންސަލްޓަންސީތަކަށް ވަކިވަކިން ބީލަން ހުށަހެޅުމުގެ ދައުވަތު ވާލްޑް ބޭންކްގެ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުން ހުޅުވާލެވެމުންދާނެއެވެ. އަދި މިގޮތަށް ހުޅުވާލެވޭ ބީލަމުގެ ދަޢުވަތުތަކުގެ ނޯޓިސް، ޔޫ.އެން. ޑިވެލޮޕްމަންޓް ބިޒްނަސް އޮންލައިން (ޔޫ.އެން.ޑީ.ބީ އޮންލައިން)، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ވެބްސައިޓްwww.finance.gov.mv އަދި ދިވެހިސަރުކާރުގެ ގެޒެޓް www.gazette.gov.mv ގައި ޝާއިޢުކުރެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ ބީލަމަށް ހުޅުވާލެވޭ މަސައްކަތްތަކުގެ ދައުވަތު އީމެއިލްގެ ޒަރީއާއިން ބޭނުންވާ ފަރާތްތަކުން ނުވަތަ މި މަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުއްވަމުން ގެންދެވުމަށް ދަންނަވަމެވެ.
މުހައްމަދު ޔާމިން
ޕްރޮޖެކްޓް ކޯޑިނޭޓަރ
ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތްނިންގ ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީ މަގު،
މާލެ، 20379، ދިވެހިރާއްޖެ
ފޯނު: 3349398 960+، ފެކްސް: 3324432 960+
އީމެއިލް: [email protected]
|