މަސައްކަތް
ނަންބަރު: (IUL)438-WS/438/2021/242
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 21 ސެޕްޓެންބަރު 2021 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ ހޫނުމޫސުމުގައި ދިވެހިރާއްޖޭގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ ހޫނުމޫސުމުގައި ދިވެހިރާއްޖޭގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ތިރީގައިވާ ލޮޓްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އަރުވަމެވެ.

ލޮޓް 1: ހއ.އުލިގަން، ހއ.މުޅަދޫ، ހއ.ކެލާ، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހއ.އުތީމް، ހއ.މުރައިދޫ، ހއ.ބާރަށް، ހދ.ފިނޭ، ހދ.ނާވައިދޫ، ހދ.ހިރިމަރަދޫ، ހދ.ނޮޅިވަރަންފަރު، ހދ.ކުރިނބި، ހދ.ނޭކުރެންދޫ، ށ.ކަނޑިތީމް، ށ.ނޫމަރާ، ށ.ގޮއިދޫ، ށ.ފޭދޫ، ށ.ފީވަށް، ށ.ބިލެއްފަހި، ށ.ފޯކައިދޫ، ށ.ނަރުދޫ، ށ.މަރޮށި، ށ.ޅައިމަގު، ށ.ކޮމަންޑޫ، ށ.މާއުނގޫދޫ އަދި ށ.ފުނަދޫ

ލޮޓް 2: ނ.ހެނބަދޫ، ނ.ކެނދިކުޅުދޫ، ނ.މާޅެންދޫ، ނ.ކުޑަފަރީ، ނ.ލަންދޫ، ނ.ޅޮހި، ނ.މިލަދޫ، ނ.މަގޫދޫ، ނ.މަނަދޫ، ނ.ފޮއްދޫ، ރ.އަލިފުށި، ރ.ވާދޫ، ރ.ރަސްގެތީމް، ރ.އަނގޮޅިތީމް، ރ.ރަސްމާދޫ، ރ.އިންނަމާދޫ، ރ.މަޑުއްވަރީ، ރ.ފައިނު، ރ.ކިނޮޅަސް، ބ.ކުޑަރިކިލު، ބ.ކަމަދޫ، ބ.ކިހާދޫ، ބ.ދޮންފަނު، ބ.ދަރަވަންދޫ، ބ.މާޅޮސް، ބ.ހިތާދޫ، ބ.ފުޅަދޫ، ބ.ފެހެންދޫ، ބ.ގޮއިދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ އަދި ޅ.އޮޅުވެލިފުށި

ލޮޓް 3: ކ.ކާށިދޫ، ކ.ގާފަރު، ކ.ތުލުސްދޫ، ކ.ހިންމަފުށި، ކ.ގުޅި، އއ.ރަސްދޫ، އއ.މަތިވެރި، އއ.ބޮޑުފުޅަދޫ، އއ.ފެރިދޫ، އއ.މާޅޮސް، އއ.ހިމަންދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، އދ.ކުނބުރުދޫ، އދ.މަންދޫ، އދ.ދަނގެތި، އދ.ދިގުރަށް، އދ.ފެންފުށި، އދ.ދިއްދޫ، ވ.ފުލިދޫ، ވ.ތިނަދޫ، ވ.ފެލިދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫ

ލޮޓް 4: މ.ރަތްމަންދޫ، މ.ވޭވަށް، މ.މުލި، މ.ނާލާފުށި، މ.ކޮޅުފުށި، މ.މަޑުއްވަރީ، ފ.ފީއަލި، ފ.ބިލެތްދޫ، ފ.މަގޫދޫ، ފ.ދަރަނބޫދޫ، ފ.ނިލަންދޫ، ދ.މީދޫ، ދ.ބަޑިނދޫ، ދ.ރިނބުދޫ، ދ.ހުޅުދެލި، ދ.މާއެނބޫދޫ، ތ.ބުރުނި، ތ.މަޑިފުށި، ތ.ދިޔަމިނގިލި، ތ.ކަނޑޫދޫ، ތ.ވަންދޫ، ތ.ހިރިލަންދޫ، ތ.ގާދިއްފުށި، ތ.ވޭމަންޑޫ، ތ.ކިނބިދޫ، ތ.އޮމަދޫ، ލ.އިސްދޫ، ލ.ދަނބިދޫ، ލ.މާބައިދޫ، ލ.މުންޑޫ، ލ.މާވަށް، ލ.މާމެންދޫ، ލ.ހިތަދޫ، ލ.ކުނަހަންދޫ އަދި ލ.ކަލައިދޫ

ލޮޓް 5: ގއ.މާމެންދޫ، ގއ.ނިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ކޮނޑޭ، ގއ.ގެމަނަފުށި، ގއ.ކަނޑުހުޅުދޫ، ގއ.ވިލިނގިލި، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ނަޑެއްލާ، ގދ.ރަތަފަންދޫ، ގދ.ވާދޫ، ގދ.ފިޔޯރީ އަދި ގދ.ފަރެސްމާތޮޑާ

މަތީގައި ބަޔާންކޮށްފައިވާ ލޮޓްތަކަށް ބީލަން ހުށަހަޅަންވާނީ ވަކިވަކިންނެވެ. އެއް ފަރާތަކުން ހުރިހާ ލޮޓްތަކަށްވެސް ބީލަން ހުށަހެޅިދާނެއެވެ. އެހެންނަމަވެސް ކޮންމެ ލޮޓަކަށް ވަކި އުޅަނދެއް އޮންނަންވާނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތް ގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ ބީލަން ފޮތް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2021 ސެޕްޓެންބަރު 20 ވާ ހޯމަ ދުވަހާ ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 ން މެންދުރު ފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ރިސެޕްޝަންގައެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑު ސެކިއުރިޓީ

މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5000.00 (ފަސް ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2021 ސެޕްޓެންބަރު 21 ވާ އަންގާރަ ދުވަހު 11:00ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 21 ވާ އަންގާރަ ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2021 ސެޕްޓެންބަރު 19 ވާ އާދީއްތަ ދުވަހު 10:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open Before 21st September 2021 at 1100hrs –  (IUL)438-WS/438/2021/242

ލޮޓް )ލޮޓް ނަންބަރު) ގައި ހިމެނޭ ރަށްތަކުގެ ތެރެއިން، ހޫނުމޫސުމުގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެމަސައްކަތް"

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

11 ސެޕްޓެންބަރު 2021