މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2021/52
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 19 ސެޕްޓެންބަރު 2021 13:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

މި އޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް މި އޮފީހުގެ މުވައްޒަފުންގެ ޔުނިފޯމް ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

  1. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  19 ސެޕްޓެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި، ޣާޒީ ބިލްޑިންގ ގައި ހުންނަ މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ.
  2. ބީލަން ހުށަހެޅުން އޮންނާނީ 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
  3. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 13:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
09 ސެޕްޓެންބަރު 2021