ދިވެހިރާއްޖެ
ނަމްބަރ: (IUL)304-CA/304/2021/92 |
ތާރީޚް: 09 ސެޕްޓެމްބަރ 2021 |
ރ.ދުވާފަރާއި ރ.އުނގޫފާރާއި ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ |
ރ.ދުވާފަރާއި ރ.އުނގޫފާރާއި ދެމެދު ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން އިޢުލާންކުރަމެވެ. މި އިދާރާއިން ބޭނުންވާ ގޮތަކަށް މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކުގައި މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ޕްރޮޕޯސަލް ހުށައެޅުމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ (ކުންފުނި، ޕާޓްނަޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތް ކޮށްފައިވާތާކުން އެތާގެ ލެޓަރހެޑުގައި ލިޔެ އެތާގެ ތައްގަނޑު ޖަހާ ވެރިއެއްގެ ސޮއިކޮށްފައިވާ ލިޔުން ހުށައެޅުމުންނެއެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
|
02 ޟަފަރު 1443
09 ސެޕްޓެމްބަރ 2021