ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)479-PR/479/2021/18
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 13 ސެޕްޓެންބަރު 2021 10:00
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
އޯޑިއޯ ވީޑިއޯ ކޮންފަރަންސިންގ ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

މި ސެންޓަރުގެ ހިއަރިންގ ރޫމަށް އޯޑިއޯ ވީޑިއޯ ކޮންފަރަންސިންގ ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މަޢުލޫމާތު ސާފުކުރުން

ބީލަން ހުށަހެޅުން

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް)

ގަޑި : 2021 ސެޕްޓެންބަރު 13 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް

ގަޑި : 2021 ސެޕްޓެންބަރު 16 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް

ނޯޓު : ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ  މަތީގައި ބަޔާންކޮށްފައިވާ  ގަޑީގައެވެ.

 

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބީލަން ހުށަހަޅަން ޙާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަދި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައިވާ ގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިއެވެ.

 

                                       02   ޞަފަރު   1443 

09 ސެޕްޓެންބަރު 2021