މަސައްކަތް
ނަންބަރު: (IUL)438-GCF/438/2021/246
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 20 ސެޕްޓެންބަރު 2021 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޓެއިލަރ މޭޑް- މައިކްރޯސޮފްޓް ޕްރޮޖެކްޓް (2019) ތަމްރީން ޕްރޮގްރާމަށް ކޮންސަލްޓަންސީ ހޯދުމާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށ"ޓެއިލަރ މޭޑް- މައިކްރޯސޮފްޓް ޕްރޮޖެކްޓް (2019) ތަމްރީން ޕްރޮގްރާމަށް ކޮންސަލްޓަންސީ ހޯދުމާއި ގުޅޭ:

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ޓީ) އިން ކުރިއަށްގެންދާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް   ޓެއިލަރ މޭޑް- މައިކްރޯސޮފްޓް ޕްރޮޖެކްޓް (2019)  ތަމްރީން ޕްރޮގްރާމަށް ކޮންސަލްޓަންސީ ހޯދަން ބޭނުންވެއެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ކުންފުނީ/ ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 15 ސެޕްޓެމްބަރ 2021 ވާ ދުވަހުގެ ހެނދުނު  12:00 އާއި ހަމައަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ 2021  ވާ ދުވަހު 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 ސެޕްޓެމްބަރ 2021 ވާ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8395

ވެބްސައިޓް: http://www.environment.gov.mv

 އީ-މެއިލް [email protected]

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

(މަޝްރޫޢު ނަން)

އިޢުލާނު ނަންބަރު: 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ.

09 ސެޕްޓެމްބަރ 2021

09 ސެޕްޓެންބަރު 2021