ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2021/22
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 28 ސެޕްޓެންބަރު 2021 10:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ހޯދަން ބޭނުން ވެގެން

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް ހޯދަން ބޭނުން ވެއްޖެއެވެ.

 

ވޭމަންޑޫ ކައުންސިލުންދޭ ސްޕެސިފިކޭޝަންތަކާއި އެއްގޮތައް 4 ކޮމްޕިއުޓަރ ސިސްޓަމާއި، 1 ނެޓްވޯރކް ޕްރިންޓަރަކާއި، 1 ސާވަރ ސިސްޓަމްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ވޭމަންޑޫ ކައުންސިލަށް ފޯރުކޮށްދިނުމަށް

ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން،

ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ.

 

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

08 ސެޕްޓެމްބަރ 2021 އިން 16 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 އަށް،

ބިލާން ހުށަހެޅުމާއި، ހުޅުވުން:

28 ސެޕްޓެމްބަރ 2021 ވަނަދުވަހުގެ 10:00 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި،  

 

 

 

މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި

ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިތަކެތި ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް 08 ސެޕްޓެމްބަރ 2021 އިން ފެށިގެން މިއިދާރާއިން ލިބެންހުންނާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް

ނުވަތަ ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 16 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ. ބިޑް ހުޅުވުން އޮންނާނީ 28 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 10:00 ވޭމަންޑޫ ކައުންސިލް އިދާރާގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާފަރާތުގެ ނަންލިޔެވިފައި

އޮންނަންވާނެއެވެ.  

08 ސެޕްޓެންބަރު 2021