ދިވެހިރާއްޖެ
މި މަރުކަޒުގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުމާ ބެހޭ
މި މަރުކަޒުގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން 2021 އޮކްޓޫބަރު 08ވާ ހުކުރު ދުވަހު ހަވީރު 4:15ގައި މި މަރުކަޒުގައި އޮންނާނެއެވެ.
މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންވާ ބޭފުޅުން 2021 އޮކްޓޫބަރު 08ވާ ހުކުރު ދުވަހު ހަވީރު 4:15 އަށް މި މަރުކަޒަށް ވަޑައިގެންނެވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 6 ގަޑިއިރު ތެރޭ ތަކެތި ގެންގޮސް، ބިން ސާފުކުރައްވަންވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އއ. އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6660020
- އީ-މެއިލް: [email protected]
- ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ސެޕްޓެމްބަރު 2021