ދިވެހިރާއްޖެ
މިއިދާރާގެ އޮފީސް އިމާރާތުގެ ޖާގަ އިތުރުކުރުމަށްޓަކައި ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
- އިންޓީރިއާގެ މަސައްކަތްތައް
- މިހާރުގެ އޮފީސް އިމާރާތާއި ގުޅުވައިގެން އިތުރުކުރެވޭ ބައިތަށް ޢިމާރާތް ކުރުން (އެއްބުރިއަށް)
- ކަރަންޓް އަދި ނެޓްވޯރކިންގ މަސައްކަތްތައް
v ފިނިޝިންގ އަދި ކްލެޑިންގ މަސައްކަތްތައް
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 13:00 ން ފެށިގެން 13 ސެޕްޓެމްބަރ 2021 ވާ (ހޯމަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، މިއިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން، އޮންލައިންކޮށް ތިރީގައިވާ ލިންކް ނުވަތަ ކިއު އާރު ކޯޑުގައިވާ ފޯމް ހުށަހެޅުން އެދެމެވެ.
މައުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރި ނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ލިންކް: https://forms.office.com/r/zPciRqJtE6
ތަފްސީލް |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުން |
13 ސެޕްޓެމްބަރ 2021 ވާ (ހޯމަ) |
13:30 |
އަންދާސީ ހިސާބު ހުށަހެޅުން |
19 ސެޕްޓެމްބަރ 2021 ވާ (އާދީއްތަ) |
11:00 |