ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2021/28
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 27 ސެޕްޓެންބަރު 2021 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ބޭނުންވާ އޮފީސް ފަރުނީޗަރ ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2021/28

ޕްރޮޖެކްޓް ނަމްބަރ: 137-PR/2021/G-13

 ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ބޭނުންވާ އޮފީސް ފަރުނީޗަރ ހޯދުން

 

މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް އޮފީސް ފަރުނީޗަރ ހޯދަން ބޭނުންވެއެވެ.ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތީލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިޑޮކިއުމަންޓްސް 12    ސެޕްޓެމްބަރ  2021 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 12 ސެޕްޓެމްބަރ 2021 ގެ 14:00 ން ފެށިގެން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެމްބަރ2021  ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 27 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

 

                               02 ސަފަރު  1443

                               09 ސެޕްޓެމްބަރ 2021 

09 ސެޕްޓެންބަރު 2021