މަސައްކަތް
ނަންބަރު: (IUL)219-CS/1/2021/20
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 20 ސެޕްޓެންބަރު 2021 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
'ނޫސްވެރިކަމުގެ އިނާމް' އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު (IUL)219-CS/1/2021/18 މަޢުލޫމާތު ޝީޓަށް އައިސްފައިވާ ބަދަލަކާ ގުޅިގެން އިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުންގެންދާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގޮތުން ބާއްވާ ހަފްލާގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާނެ ފަރާތެއް (އިވެންޓް މެނޭޖްކުރާނެ ފަރާތެއް) ހޯދަން ބޭނުންވެއެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

 

ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ސެޕްޓެންބަރު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

   

          02 صَفَر 1443

09 ސެޕްޓެންބަރު 2021