ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2021/36
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 12 ސެޕްޓެންބަރު 2021 13:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)

މަޤާމް :ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)
ބޭނުންވާ އަދަދު :1

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް) އެއް ހޯދުމަށް މިއޮތޯރިޓީން ކުރި ނަންބަރު: IUL)221-HRS/221/2021/35) (07 ސެޕްޓެންބަރު 2021) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

 

އެ އިޢުލާންގައިވާ ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންސަލްޓެންޓް)ގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުން، މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، 2021 ސެޕްޓެންބަރު 12 ވާ އާދީއްތަ ދުވަހުގެ 14:00 އިން 14:30އަށް މަޢުލޫމާތު ސެޝަނެއް އޮންލައިންކޮށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

މި ސެޝަންގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް އެދިލެއްވުމުން، އޮންލައިން ސެޝަންގައި ބައިވެރިވުމާ ގުޅޭ އިތުރު ތަފްސީލް ފޯރުކޮށްދެވޭނެއެވެ. ސެޝަންގައި ބައިވެރިވުމަށް އެދިލައްވަންވާނެ އެންމެ ފަހު ގަޑިއަކީ 2021 ސެޕްޓެންބަރު 12 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ.

 

https://forms.gle/GHV3hzqLs8Y4jFVU6

09 ސެޕްޓެންބަރު 2021