ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު 2021/27/އައި.ޔޫ.އެލް/480 (14 ޖުލައި 2021) އަދި 2021/30/އައި.ޔޫ.އެލް/480 (18 އޮގަސްޓު 2021) އިޢުލާނުން ހުޅުވާލެވިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި އިޢުލާނުގައިވާ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު އިތުރުކޮށް އަލުން ހުޅުވައިލަމެވެ.
މި އިޢުލާނުގައިވާ ވަޒީފާތަކަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން މި މަޤާމުތަކަށް އެޕްލައިކުރަން ނުޖެހޭނެކަމުގައިވެސް ދެންނެވީމެވެ.
މި މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.
މަޤާމް: |
ޑިރެކްޓަރ އެޑްމިނިސްޓްރޭޓިވް އެފެއާޒް |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
އަސާސީ މުސާރަ: |
-/10,500 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/6،000 ރުފިޔާ - ފޯނު އެލަވަންސް: -/500 ރުފިޔާ - މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ - ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އެނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.. |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ޤާނޫނު ނަންބަރު 2019/5 (ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށާއި، އެގްޒެކެޓިވް ކޮމިޓީން އެކުލަވައިލާ ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛ - ބާ ކައުންސިލްގެ އެޑްމިނިސްޓްރެޓިވް އެފެއާޒުގެ ދަށަށް އަންނަ ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ރާވާ، މޮނިޓަރކޮށް ހިންގުން؛ - ބާ ކައުންސިލްގެ އެޑްމިނިސްޓްރެޓިވް އެފެއާޒުގެ މަސައްކަތްތަކާ ގުޅޭ ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްތައް އެކުލަވައިލުން - އޮފީހުގެ އިދާރީކަންކަން އިންތިޒާމް ކުރުމަށް ބޭނުންވާ ބައްދަލުވުންތައް އިންތިޒާމްކޮށް، ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކުރުން؛ - ބާ ކައުންސިލްގެ އެހެނިހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދީ މަސައްކަތް ތަންފީޒުވަމުން އަންނަ މިންވަރުބެލުން؛ - ބާ ކައުންސިލުން ބައިވެރިވާ/ އިންތިޒާމްކުރާ ޖަލްސާތަކާއި ދަތުރުތަކުގެ އެންމެހައި އިދާރީ އިންތިޒާމްތަކާއި ޕްރޮޓޮކޯލްތައް ބެލެހެއްޓުން؛ - މުވައްޒަފުންގެ މުސާރައާއި ކުރިއެރުމާއި، ވަޒީފާއާބެހޭ އެންމެހާ ކަންތައްތައްތަކާއި، އަދިވެސް މިނޫން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން.. |
މަޤާމް: |
ކައުންސެލް |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
އަސާސީ މުސާރަ: |
-/12,000 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/3،000 ރުފިޔާ - ނޮންޕްރެކްޓިސް އެލަވަންސް: -/5400 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ - މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން؛ - ވަކާލާތު ކުރުމުގެ ހުއްދަ އޮތުން. - ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ - ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި - ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ޤާނޫނު ނަންބަރު 2019/5 (ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާ އެހީތެރިކަން ދިނުން؛ - ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްސީލްކުރުން؛ - ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައެޡިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛ އަދި - ބާ ކައުންސިލުގެ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލްކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ. |
އިތުރު މަޢޫލާމާތު |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެސް މެދުވެރިކޮށް 19 ސެޕްޓެމްބަރު 2021 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ކުރައްވާއިރު، ހުރިހާ ޑޮކިއުމެންޓެއް އެއް އީމެއިލްއެއްގައި ހުންނަންވާނީ އެޓޭޗްކުރެވިފައެވެ. |