ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތިރީގައިވާ އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.
- ފެޑް ސެންޓަރ / ހުޅުމާލެ
- މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / މާލެ
- ފިޝަރީޒް ޓްރެއިނިންގް ސެންޓަރ / ވިލިމާލެ
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339251 އަދި 3339282 ނަންބަރު ފޯނަށެވެ.