މަސައްކަތް
ނަންބަރު: (IUL)450-CA/450/2021/15
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 20 ސެޕްޓެންބަރު 2021 00:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާ ގުޅޭ

ގާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު)ގެ ދަށުން ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމާ ގުޅޭ

 

މި މަސައްކަތަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)450-CA/450/2021/12 އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބީޠިލުކޮށް މި މަސައްކަތަށް އަލުން އިޢުލާންކުރަމެވެ. އެހެންކަމުން، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތަށް ބިނާކޮށް، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ހަރަކާތް

ތާރީހް

ގަޑި

ތަން

ޕްރޮޕޯސަލް ހުށަހެޅުން

20 ސެޕްޓެމްބަރ 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ

01  ޞަފަރު  1443

08 ސެޕްޓެންބަރު 2021

 

1.     ތައާރަފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު 3/2012 ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދާތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާރުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

ގާނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު)ގައި މި އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، ގެވެށި އަނިޔާގެ އަމަލު ހިންގާ ފަރާތްތައް އިސްލާހުވުމަށް އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަކޮށް މުޖުތަމައިން ބަލައިގަންނާނެ ބަޔަކަށް ހެދުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމަށް މި އޮތޯރިޓީއަށްވަނީ ލާޒިމްކޮށްފައެވެ. ވީމާމިފަދަ ޕްރޮގްރާމެއް ފަރުމާކުރުމަށްޓަކައި ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.

 

2.     ކޮންސަލްޓަންސީގެ މަގްސަދު

ގެވެށި އަނިޔާގެ ޖުމުލަ 615 މައްސަލަ 2020 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލު ހިންގައިގެން 766 ފަރާތެއްގެ މައްސަލަ ހުށަހަޅައިފަވެއެވެ. ގިނަ އަދަދެއްގެ ބަޔަކު ގެވެށި އަނިޔާގެ އަމަލު ހިންގާއިރު، އެފަރާތްތަތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދޭންޖެހޭ ރީހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ރާއްޖޭގައި ނެތްކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގެ މަގްސަދަކީ ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން މިފަދަ އަމަލުތައް ކުރުން ހުއްޓުވުމަށް ބާރު ލިބި، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫއަވުމުގެ ފުރުސަތު އިތުރުކުރުމަށް ޕްރޮގްރާމެއް ފަރުމާ ކުރުމެވެ. މި މަސައްކަތް ކުރުމުގައި އެހެން ގައުމުތަކުގައި މިހާތަނަށް ގާއިމް ކުރެވިފައިވާ މިފަދަ ޕްރޮގްރާމްތަކުގެ ހޯދުންތަކަށް ބަލާ، ގެވެށި އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތައް ރުޖޫއަވުމަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްގައި ހުންނަންވާނެ ބައިތަކާއި މިކަމަށް ބޭނުންވާނެ ވަސީލަތްތައް ފާހަގަކޮށް، ދިވެހިރާއްޖެއަށް އެއްމެ އެކަށީގެންވާ ޕްރޮގްރާމެއް ފަރުމާކުރުން ހިމެނެއެވެ.

 

3.     ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

މި ކޮންސަލްޓަންސީގެ މަސައްކަތުގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ.

  • ދުނިޔޭގެ އެކި ގައުމުތަކުގައި ގެވެށި އަނިޔާގެ އަމަލުތައް ހިންގާ މީހުން އިސްލާހުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ރިއާޔަތްކޮށް ޑެސްކް ރިވިއުއެއް ތައްޔާރުކުރުން.
  • ކައުންސެލިންގ ނުވަތަ ސައިކޯތެރަޕީ ދާއިރާގެ ތަޖުރިބާކާރުންނާއި އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި އަދި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާ ބައްދަލުވުން ބޭއްވުން.
  • ޑެސްކް ރިވިއު އަދި ދާއިރާގެ ތަޖުރިބާކާރުން އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުންތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ޕާރޕަޓްރޭޓާރ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާކޮށް ޓްރީޓްމަންޓް މެނުއަލްއެއް ތައްޔާރުކުރުން
  • ރިހެބިލިޓޭޝަން އިންޑިކޭޓާރސް ތައްޔާރުކޮށް، މޮނިޓަރިންގ އަދި އިވޭލުއަޝަން އިނޑިކޭޓަރތައް ފާހަގަ ކޮށް އެކަމަށް ހާއްސަ އެކްޝަން ޕްލޭން ތައްޔާރުކުރުން
  • ޕްރޮގްރާމް ގައިޑް، ޓްރީޓްމަންޓް މެނުއަލް އަދި މޮނިޓަރިންގ އަދި އިވޭލުއަޝަން ޕްލޭން ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުން ހުރި މުއައްސަސާތަކާއި އެކު ވެލިޑޭޝަން ވާކްޝޮޕެއް ބޭއްވުން.
  • އޮތޯރިޓީގެ ކޮމެންޓުތަކާއި، ވެލިޑޭޝަން ވާކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި، ފައިނަލް ރިޕޯޓު އެކުލަވާލައި، އޮތޯރިޓީއާ ހިއްސާކުރުން.
  • މިމަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. މިގޮތުން އިންޓަވިއު ތަކުގެ ނޯޓު ތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އޮތޯރިޓީއާއި ހިއްސާކުރަންވާނެއެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

 

4.     ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. ކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން. އެކި ކަހަލަ އަނިޔާގެ އަމަލުތައް ހިންގާ މީހުންނަށް ފަރުވާ ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކުރުމުގެ އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ.

25%

ތައުލީމު: މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުންކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ ޑޮކްޓްރޭޓް ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމީ ފެންވަރު އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

20%

ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މި ގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

35%

އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

20%

 

  • ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މި ގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

މެތޮޑޮލޮޖީ

-       ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.

-       ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ ރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކަށް ފެތޭ، އަދި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނުނުގައި ބަޔާން ކުރެވިފައިވާ ގެވެށި ގުޅުންތައް ހިމެނޭ ގޮތަށް ތައްޔާރުކުވެފައިވާ މެތޮޑޮލޮޖީއެއްތޯ ބެލެވޭނެއެވެ.

-       މީގެ އިތުރުން ދިވެހި މުޖުތަމައުއަށް އެކަށީގެންވާފަދަ އަދި އަނިޔާ ހިންގާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނެ ކަންތައްތައް އެކުލެވޭފަދަ މެތޮޑޮލޮޖީއެއް ހިމެނޭތޯ ބެލެވޭނެއެވެ.

-       މި ޕްރޮގްރާމަކީ މިކަމަށް ހާއްސަ ސާރވިސް ސެންޓާއެއްގައި އަދި އެހެން މާހައުލެއްގައި ހިންގަން ޖެހިއްޖެ ހާލަތެއްގައިވެސް ހިންގޭނެފަދަ ޕްރޮގްރާމެއްތޯ ބެލެވޭނެއެވެ.

ވާރކް ޕްލޭން

-       ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ.

-       އޮތޯރިޓީއިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކް ޕްލޭނަކަށް ވާންވާނެއެވެ.

 

5.     މަސައްކަތުގެ މުއްދަތު

މަސައްކަތް ފެށުމަށް ކަނޑައެޅިފައިވާ ތާރީހަކީ 30 ސެޕްޓެމްބަރ 2021 އެވެ. މި މަސައްކަތުގެ މުއްދަތަކީ 3 މަހެވެ.

 

6.     ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވ

ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު

* އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

* ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ

* ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.

* ވިޔަފާރި/ކުންފުންޏެއްނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ސެޓްފިކެޓްގެ (އެސް.އެމް.އީ ރަޖިސްޓްރީ) ކޮޕީ

* މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި ކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވޭތޯ އަދި އެކި ކަހަލަ އަނިޔާގެ އަމަލުތައް ހިންގާ މީހުންނަށް ފަރުވާ ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާކުރުމުގެ އަމަލީ ތަޖުރިބާ ހުރިތޯ ބެލެވޭނެއެވެ.

* މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ކައުންސެލިންގ، ސައިކޯތެރަޕީ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ ޑޮކްޓްރޭޓް ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

* ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ އަދި އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.

* ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ

ޓެކްނިކަލް ޕްރޮޕޯސަލް

* މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

* މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

އަންދާސީ ހިސާބު

* ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ.

* އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 7.  ފައިސާ ދޫކުރުން

މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

8.  ޕްރޮޕޯސަލް ހުށަހެޅުން

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިރު ވެވަޑައި ނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭއެވެ. ޕްރޮޕޯސަލްތައް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.

އެޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ

ސުންގަޑި: 20 ސެޕްޓެމްބަރ 2021، 11:00

އިތުރު މައުލޫމާތު:

ފޯން: 3010551  އީމެއިލް: [email protected]

 

08 ސެޕްޓެންބަރު 2021