ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)365/2020/45
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 19 ސެޕްޓެންބަރު 2021 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                             ނަންބަރު: (ILU)365/2021/45

 އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް 2 މީހަކު ބޭނުންވެއްޖެ.

މަޤާމް:

ގޭސް އޮފިސަރ

އޮފީސް / އިދާރާ

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސް / ގޭސް ސެންޓަރ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ / ގޭސް ސެންޓަރ

އެލަވަންސް:

1,500.00 ރުފިޔާ

ފޯން އެލަވަނސް:

200.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ގަޑި:

6 ގަޑިއިރު (ދުވާލަކު) ޕާޓް-ޓައިމް

ބޭނުންވާ ޢަދަދު:

02 (ދޭއް)

 

މަގާމުގެ ޝަރުތުތައް:

އަސާސީ ތައުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު، ފުރިހަމަ ސިއްހަތެއްގައިހުރި މީހެއްކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލުން ކަނޑައަޅާ ގަޑިތަކުގައި ގޭސް ވިއްކުން
  2. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ގޭސް ޑެލިވަރީ ކޮށްދިނުން
  3. ހުސް ގޭސް ފުޅިތައް ބަނދަރަށް ގެންދިއުން
  4. ގޭސް އަޅައިގެން ގެންނަ ފުޅިތައް ގުދަނަށް ގެންދިއުން
  5. ގޭސް ފުޅިތަކުގެ ހިސާބު ބެލެހެއްޓުން
  6. ގޭސް ގުދަން ތަރުތީބުކޮށް ބެލެހެއްޓުން
  7. މީގެއިތުރުން ކައުންސިލުން އަންގާ ގޭހުގެ ހިދުމަތާ ގުޅޭ ކަންތައް ކުރުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އިންޓަރވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެން.

ގޭގެއަށް ގޭސް ފުޅި ޑެލިވަރީ ކޮށްދެވޭނެ ޤާބިލްކަންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 19 ސެޕްޓެމްބަރ 2021 އާ 26 ސެޕްޓެމްބަރ 2021 އާ ދެމެދު މިއިދާރާގެ ޖަލްސާކުރާ މާލަމްގައި.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

15 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށް، ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމުން

އެޕްލިކޭޝަން ފޯމު މުލީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް

ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

     

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6720508 ނަންބަރު ފޯނާއެވެ. މި އިޢުލާނާ ގުޅިގެން މީގެކުރިން ކޮށްފައިވާ މިއިދާރާގެ ނަންބަރު (ILU)365/2021/42 (23 އޮގަސްޓް 2021) އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

                  

08 ސެޕްޓެންބަރު 2021