ދެންނެވުން
ނަންބަރު: (IUL)384-A/2021/50
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:45
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރުމާގުޅޭ

ބަނދަރުގެ ކަންކަން ބެލެހެއްޓުމަށް މިއަދުންފެށިގެން ދެ މުވައްޒަފުންވަނީ ނެގިފައެވެ. މިގޮތުން ބަނދަރު ބޭނުންކުރާ ފަރާތްތަކުން ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާޢިދު ނަންބަރު 2013/R-1741)) އާއި އަދި ކައުންސިލުން ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުން އެދެމެވެ. މި ޤަވާޢިދާއި އުޞޫލުތަކާއި ޚިލާފްވާ ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅުއެޅޭނެވާހަކަ ދަންނަވަމެވެ. އަދި ބަނދަރު ބޭނުންކުރައްވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތްތައް ބަނދަރުގައި ހަރުކުރެވިފައިވާ ބޯޑުގައި ހުންނާނެއެވެ. 

               ވީމާ، ހުރިހާފަރާތްތަކުންވެސް  މިގޮތަށް ޢަމަލުކުރައްވަމުން ގެންދެވުން އެދެމެވެ.

08 ސެޕްޓެންބަރު 2021