ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2021/11
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 16 ސެޕްޓެންބަރު 2021 13:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 11/(IUL)95-A/1/2021

ތާރީޚް: 08 ސެޕްޓެންބަރު 2021

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS4

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް                

-/1500 ރުފިޔާ

ލިވިންގ އެލަވަންސް

-/2,850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 

3- "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި  މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1.ރަސްމީގަޑީގައި އޮފީހުގެ ރިސެޕްޝަން ބެލެހެއްޓުން. ރިސެޕްޝަން ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރިސެޕްޝަންގައި ބެހެއްޓިފައިވާ 3325029 އަށާއި 3007175 ނަންބަރު ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި އެފޯންކޯލެއް ރައްދުވާ ފަރާތަކަށް ގުޅައިދިނުން.

2.ރިސެޕްޝަނުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ހިތްހެޔޮކަމާއި، މަޑުމައިތިރި ކަމާއިއެކު ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުން.

3.އޮފީހަށް ލިބޭ ތަކެތި ފަރުވާތެރި ކަމާއިއެކު ބަލައިގަތުން. ތަކެތި ބަލައިގަތުމުގައި ސިޓީއާއި ނޯޓް، ޗިޓް، ފޯމް، ނުވަތަ މިނޫންވެސް މިފަދަ ތަކެއްޗާއި އަދި މިތަކެއްޗާއެކު ހުށަހަޅާ އިތުރު ތަކެތި ހިމެނެއެވެ. (މިސާލަކަށް: ސްޓޭމްޕް ފަދަ ތަކެތި ހަމައަށް ހުރިތޯބަލައި ޗެކްކުރުމަށްފަހު ބަލައިގަތުން.)

4.ކޮންމެދުވަހަކުވެސް އީ ގަވަރންމަންޓް މެއިލް  އަދި އޮފީހުގެ ރަސްމީ މެއިލް ޗެކްކޮށް ސިޓީއެއް ނުވަތަ އެހެންވެސް ލިޔުމެއް ލިބިފައިވޭތޯ ބެލުމަށްފަހު ލިބިފައިވާ ސިޓީއެއް ނުވަތަ އެލިޔުމެއްގެ ޕްރިންޓް ނެގުން.  

5.އޮފީހަށް އެދުވަހަކުލިބޭ ހުރިހާ ޑޮކިޔުމަންޓް ތަކުގައި އެންޓްރީ ތައްގަނޑު ޖެހުމާއި، އެތައްގަނޑު ގައިވާ މަޢުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު ވެރިއަކުލައްވާ ސޮއިކުރުވުން.

6.އޮފީހަށް އެދުވަހަކުލިބޭ ހުރިހާ ޑޮކިޔުމަންޓްތަކެއް ކޮމްޕިއުޓަރގައިވާ އެންޓްރީޝީޓަށް އެންޓަރކުރުމާއި އެތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް އެންޓްރީޝީޓްގައި ސޮއިކުރުވުމަށްފަހު ދުވަހުން ދުވަހަށް ޙަވާލުކުރުން.

7.ޝަރީޢަތަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފޯމްތައް ދޫކުރުމާއި، ޝަރީޢަތަށް މައްސަލަ ހުށަހަޅާ ފޯމެއް ލިބުމުން، އެފޯމްގައިވާ މަޢުލޫމާތުތައް ކޭސް ރަޖިސްޓްރޭޝަނުން ސައްޙަތޯ ބެލުމުން އެފޯމެއް އެންޓްރީ ކުރުމާއެކު، ވެރިއަކުލައްވާ ސޮއިކުރުވުމަށްފަހު ދުވަހުން ދުވަހަށް ކޭސް ރަޖިސްޓްރޭޝަނާ ޙަވާލުކުރުން. 

8.ޝަރީޢަތުގެ މައްސަލަތަކުގެ ބަޔާނުގައި ސޮއިކުރައްވާ ބޭފުޅުން ވަޑައިގަތުމުން އެކަން ސެކްޝަންތަކަށް އެންގުން.

9.ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ބަންދުމީހުންނާއި، ޖަލުންގެނެވޭ މީހުންނާ ޙަވާލުވުމަށްފަހު އެމައްސަލައަކާގުޅޭ ސެކްޝަނަކަށް އެންގުން.

  1. ޝަރީޢަތުގެ މަޖިލިސްތަކަށް މީހުން ޙާޟިރުވުމުން އެމައްސަލައަކާގުޅޭ ސެކްޝަންގެ މުވައްޒަފަކަށް އެކަންއަންގައި މެހުމާނުން ތިބޭބައިގައި އެމީހުން ބައިތިއްބުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް / މަޤާމާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ރޮނގުތައް

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އެކައުންޓިންގ އެންޑް ފައިނޭންސް

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

  1. ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

ޕޮއިންޓް ދެވޭ ގޮތް

-       ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-       ލިބިފައިވާ ތަޖުރިބާ

-       މަސައްކަތަށް ބޭނުންވާ ހުނަރު

-       ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

16 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓު (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ. އީމެއިލް ކުރަން ބޭނުން ނަމަ އީމެއިލް:  [email protected] އަށް އީމެއިލް ކުރުން.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

08 ސެޕްޓެންބަރު 2021