ދިވެހިރާއްޖެ
ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުންގެންދާ ވޯލްޑް އެކްސްޕޯ މިފަހަރު ހޮސްޓްކުރަނީ ޔުނައިޓަޑް އަރެބް އެމިރޭޓްސް ގެ ދުބާއީ ގައެވެ. 6 މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ އޮންނާނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށެވެ.
މި އެކްސްޕޯގައި ފަންނުވެރި ހަރަކާތްތަށް ހުށަހަޅައި ދިނުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގުޅިގެން ދިވެހި ފަންނުވެރިންނަށް ހުޅުވާލަމެވެ. ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތައް ރަޖިސްޓްރީވުމާއެކު ޕަރފޯމަންސް ވީޑިއޯ (އޮޑިޝަން ޕަރފޯމަންސް) އަދި/ނުވަތަ ޕޯޓުފޯލިއޯ ހުށަހެޅުއްވުން އެދެމެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަންނުވެރީންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕަރފޯމަންސް ފީއަކާއި ޕޮކެޓްމަނީ ފައިސާ ދޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތައް
- ދިވެހި ސަގާފީ ބޮޑުބެރު (ލަވައާއި ނެށުމާއި އެކު)
- ފިޔުޝަން މިޔުޒިކް (ދިވެހީންގެ މިއުޒިކީ އާލާތްތަކާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭ ގޮތަށް)
- އާޓިސްޓުން ( ކުރެހުންތެރިން)
ޕަރފޯމިންގ އާޓިސްޓުން އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންކަން
- ދިވެހި ސަގާފަތް ރަމްޒުކޮށްދޭ މިންވަރު
- ހުށަހެޅުންތެރިކަން
- ހުށަހެޅުމުގެ ފެންވަރު
- ޕޯޓުފޯލިއޯ
ކުރެހުންތެރިން އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންކަން
- ދިވެހި ސަގާފަތާއި، ދިރިއުޅުން އަދި މާހައުލު ރަމްޒުކޮށްދީފައިވާ މިންވަރު
- ކުރެހުމުގެ ފެންވަރު
- ޕޯޓުފޯލިއޯ
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
އެކްސްޕޯގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން |
15 ސެޕްޓެމްބަރ 2021 (ބުދަ) |
13:00 ގެ ކުރިން |
ރަޖިސްޓްރީކުރުމަށް ދީފައިވާ ވަގުތުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް: |
ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނަކަށް ދައުވަތުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7374645 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.