ދިވެހިރާއްޖެ
މިކުންފުނިން ދައްކާ ނަމޫނާއާ އެއްގޮތަށް ސެލްފް ލޮކް ސީލް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚްގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
1. މަޢުލޫމާތު ދިނުން: ތާރީޚް 15 ސެޕްޓެމްބަރ 2021 ގަޑި:. 14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
1.1 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް 21 ސެޕްޓެމްބަރ 2021 ސުން ގަޑި:14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
2. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:
2.1 ހުށަހަޅާ މުދާ/ޚިދުމަތުގެ ކޮލިޓީއަށް – 15 ޕޮއިންޓް
2.2 މުއްދަތުގެ އަވަސް މިނަށް – 15 ޕޮއިންޓް
2.3 އެންމެ ހެޔޮ އަގަށް – 40 ޕޮއިންޓް
2.4 ޝަރުތު ފުރިހަމަވާ ފަރާތްތަކަށް – 15 ޕޮއިންޓް
2.5 ލޯކަލް ފަރާތަކަށް ވާނަމަ – 5 ޕޮއިންޓް
2.6 ބީލަން ކާމިޔާބު ކުރާ ފަރާތުން ހައްދައިދޭ ސީލްތަކުގައި ދިމާވެދާނެ މައްސަލައެއް ޙައްލު ކޮށްދިނުމަށް ޒިއްމާވާނެ އެންމެ މަތީ މިންވަރުގެ ހުށަހެޅުމަށް – 10 ޕޮއިންޓް
3. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
3.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން
3.2 ޕްރޮޖެކްޓްއާ ގުޅޭ މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން.
3.3 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.
3.4 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުން
4. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް
4.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން
4.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް
4.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މުދަލާ ޚިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން.
4.4 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.
5. ބީލަން ބާތިލުވުމާ ބެހޭ މަޢުލޫމާތު
5.1 ދޮގުމަޢުލޫމާތު ދީފައިވާ ބީލަންތައް
5.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން
5.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދައްވުން
5.4 ބީލަން ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން.
5.5 "ޑިކްލަރޭޝަން އޮން އެތިކަލް ކޮންޑަކްޓް އެންޑް ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން.
6. އެޑްވާންސް ފައިސާ
6.1 މި ޕްރޮޖެކްޓަށް އެޑްވާންކޮށް ފައިސާއެއް ނުދެވޭނެއެވެ.
7. ބީލަން ކާމިޔާބު ކުރާ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.
7.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގޭނެ ގޮތް
7.2 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނަގާނެކަން
7.3 ދެވޭ މަޢުލޫމާތާ އެއް ފެންވަރުގެ ތަކެތި ނޫންނަމަ އެ ތަކެތި ޤަބޫލޫ ނުކުރެވޭނެކަމާއި ގެއްލުނު ވަގުތަށް ބަދަލު ނެގޭނެކަން.
7.3 އިތުރު މުހިއްމު ކަންކަން.
8. އިތުރު މަޢުލޫމާތު.
8.1 ބީލަން ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
8.2 ބީލަމަށް ނުހޮވޭ ފަރާތްތަކަށް އެކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކްވާއެއް އޮތްނަމަ ޝަކްވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.