ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ
ހޮޅުދޫ - ދިވެހިރާއްޖެ
ނަމްބަރ: (IUL)295-B/2021/30
އިޢުލާން
ނ.ހޮޅުދޫ ކޮމިއުނިޓީ ޕާރކްގައި ހެދިފައިވާ "ޕާރކްހަޓް" ހުސްބިމާއިއެކު ކެފޭއެއް ހިންގުމަށް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 19 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިއްބަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އެސްޓިމޭޓް ހުށަހަޅުއްވަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
07 ސެޕްޓެމްބަރ 2021