ދިވެހިރާއްޖެ
މިއިދާރާއިންދޭ މަަޢުލޫމާތާ އެއްގޮތަށް މިރަށު ކުޑަކުދިންގެ ޕާކް މަރާމާތުކުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.
ޢަދަދު |
ތަފްޞީލް |
3 |
ރޯލް އާޓިފިޝަލް ޓަރފް 25mm (75 މީޓަރ) |
30 |
ކިލޯ ޓަރފް އެޑްހެސިވް |
ވީމާ، ތަކެތި ސަޕްލައިކޮށްދެއްވުމަށްް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 12:00 ގެކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ފޯނަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު، މިއިދާރާގެ [email protected] އަށް ވިޔަފާރި ރަޖިސްޓްރީ މެއިލްކުރެއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރ 2021 ވާ ބުދަދުވަހުގެ 13:00 އެވެ. އަންދާސީ ހިސާބު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މިއިދާރާއަށް ނުވަތަ އީމެއިލްގެ ޒަރީޢާއިން ހުށަހެޅުއްވިދާނެއެވެ.
މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6520047 ނަންބަރު ފޯނާ ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.