މަސައްކަތް
ނަންބަރު: (IUL)410-P/410/2021/37
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 14 ސެޕްޓެންބަރު 2021 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫގައި އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް ޤާއިމްކުރުމާއި ބެހޭ

މި ރަށުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓުން ބަޖެޓް ދީގެން ޤާއިމްކުރާ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސްއަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

މިހެންކަމުން މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާއިކޮނޮމިކް މިނިސްޓްރީގައި މިމަސައްކަތުގެ ދާއިރާއިން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންއަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

09 ސެޕްޓެމްބަރ 2021

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން

ގއ.ދާންދޫ ކައުންސިލްގެ އިދާރާ

14 ސެޕްޓެމްބަރ 2021

އަންގާރަ

13:00

މާކްސް ދެވޭގޮތުގެ ތަފްސީލް:

- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން  ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.

- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.

- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް
  • މާކްސްދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

60%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

  • މިފަދަ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

15%

ތަޖުރިބާ

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތުހުށަހެޅި ފަރާތަކަށެވެ.

25%

މަސައްކަތް ނިންމާ މުއްދަތު

އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން

މިމަސައްކަތުގެމައުލޫމާތު ދިނުމުގެ ސެޝަނާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ އޮންލައިންކޮށް ކަމަށް ދަންނަވަމެވެ. އެހެންކަމުން އޮންލައިންކޮށް މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިއިދާރާގެ ނަންބަރު 7330026 ހޮޓްލައިން އަށް، އެކަން ބަޔާންކޮށް އެފަރާތުގެ ނަމާއި މަޢުލޫމާތު މިއިދާރާގެ [email protected] މެއިލް ކޮށްދެއްވުން އެދެމެވެ. އަދި އެގަޑިއަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތަކަށްވެސް އެމީޓިންގައި ބައިވެރި ވުމުގެ ފުރުޞަތު ދެވޭނެއެވެ. އެފަދަ ފަރާތްތަކުންވެސް ބިޑް ހުށަހަޅާ މީޓިންގައި ބައިވެރިވުމަށް އެދި އިސްވެ ދެންނެވުނު ގޮތަށް އެ މުއްދަތުގައި ސިޓީހުށަހަޅަން ޖެހޭނެކަމުގައި ދެންނެވީމެވެ.

 މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ. މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2021