ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2021/15
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 15 ސެޕްޓެންބަރު 2021 13:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

އިޢްލާން

ރުއްގަހުގެ ވެރިން ހޯދުމަށް

މިރަށު ފުޓްބޯޅަ ދަނޑު އަދި ޒުވާނުންގެ މަރުކަޒުއަޅާ ސަރަހައްދުގައި ހުރި ބަދަލުދޭންޖެހޭ ތިރީގައި މަޢުލޫމާތު ދެވިފައިވާ ރުއްގަހުގެ ވެރިން ހޯދަން ބޭނުންވެއެވެ.

#

ރުއް ހުރި ތަން

ނަންބަރު ޖެހިފައިވާ ގޮތް

1

ފުޓްބޯޅަ ދަނޑު ސަރަހައްދު

1 އިން 92 ރަތްކުލައިގެ ނަންބަރު ޖެހިފައި

2

ފުޓްބޯޅަ ދަނޑާއި އިންޖީނުގެއާއި ދެމެދު

1 އިން 19 ކަޅުކުލައިގެ ނަންބަރު ޖެހިފައި

 

ވީމާ، ފުޓްބޯޅަ ދަނޑު އަދި ޒުވާނުންގެ މަރުކަޒުއަޅާ ސަރަހައްދުގައި ހުރި  ރުއްގަހުގައި ކައުންސިލްގެ ފަރާތުން ރަތްކުލަ އަދި ކަޅު ކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ރުއްގަހުގެ ވެރިން 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހު 13:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 15 ސެޕްޓެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެކަމާއި މިގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މިކައުންސިލުން  ޒިންމާނުވާނެ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.

މިހެންވެ، މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

06 ސެޕްޓެންބަރު 2021