ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 09 ސެޕްޓެންބަރު 2021 11:00
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފަންޑު ބޯޑުގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުން.

ސްކައުޓް ފަންޑު ބޯޑުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލައި މިއެސޯސިއޭޝަނުން ކޮށްފައިވާ ނަންބަރު SAM/IUL/2021/04 އިޢުލާނުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ ޢަދަދެއްގެ އެޕްލިކޭޝަން ލިބިފައިނުވާތީ، ސްކައުޓް ފަންޑު ބޯޑުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު 2021 ސެޕްޓެންބަރު 1ވަނަ ދުވަހުގެ 12:00 އާ ހަމައަށް އިތުރު ކުރެވިފައިވާ ވާކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރުމުންވެސް، ބޭނުންވާ ޢަދަދަށް، ކުރިމަތިލާފައި ނުވާތީ، ފަންޑު ބޯޑުގެ މަޤާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށް އިޢުލާނު ކުރަމެވެ.  ސްކައުޓް ފަންޑު ބޯޑުގެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިއެސޯސިއޭޝަންގެ ނަންބަރު SAM/IUL/2021/04އިޢުލާނާ އެކުގައިވާ ފޯމު ފުރުއްވައި އިސްވެ ބަޔާންކުރި ސުންގަޑީގެ ކުރިން މިއެސޯސިއޭޝަންގެ އީމެއިލް، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސްސްކައުޓް ފަންޑު ބޯޑުގައި ހުސްވެފައިވާ މަޤާމުތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.  

މިއެސޯސިއޭޝަންގެ ހިންގާގަވާއިދުގެ 35ވަނަ މާއްދާގައި ބަޔާންކުރާ ޤައުމީ ސްކައުޓް ފަންޑުގެ ހިންގަމުންދާ ދައުރު (2018-2022) ގެ ބޯޑުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލަމެވެ. މިމަޤާމުތަކަށް މެންބަރުން ޢައްޔަނު ކުރާނީ ސްކައުޓް ކައުންސިލުންނެވެ. އަދި މިމަޤާމުތަކަށް ޢައްޔަނު ކުރެވޭ ފަރާތްތައް މަޤާމުގައި ދެމިތިބުމާމެދު، ޤައުމީ ސްކައުޓް ފަންޑުގެ ޤަވާޢިދުގެ 19ވަނަ މާއްދާގައިވާ ގޮތުގެ މަތީން، 2021 އޮގަސްޓު 28ވަނަ ދުވަހު އޮންނަ ޤައުމީ ސްކައުޓް އެސެންބްލީގައި ވޯޓެއް ނަގާނެއެވެ.

ކުރިމަތިލުމަށް ހުޅުވާލާ މަޤާމުތައް

-       ފަންޑު ބޯޑަށް ސްކައުޓް ލީޑަރުންގެ ތެރެއިން އިންތިޚާބުކުރާ 2 މެންބަރުން

-       ފަންޑު ބޯޑަށް ޢާއްމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 3 މެންބަރުން

ސުންގަޑ

ކުރިމަތި ލުމުގެ ސުންގަޑިއަކީ، 2021 ސެޕްޓެންބަރު 09ވާ ބުރާސްފަތި ދުވަހުގެ 1100 އެވެ.

 

ފަންޑު ބޯޑުގެ މެންބަރުންގެ ޝަރުޠު

ފަންޑު ބޯޑުގެ މެންބަރުންގެ ޝަރުޠު ކަމުގައި ސްކައުޓް ޢާއްމު ޤަވާޢިދު ނަންބަރު SAM/AQ/02/2017 (ޤައުމީ ސްކައުޓް އެސެންބްލީން އިންތިޚާބުކުރާ މަޤާމުތަކާއި މަޤާމުތަކުގެ ޝަރުތައް) ގެ 10ވަނަ މާއްދާގައިވަނީ:

  1. އެޤަވާޢިދުގެ 8ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތު ފުރިހަމަވާ ފަރާތެއް ކަމުގައިވުން
  2. ބޭސިކް ޔުނިޓް ލީޑަރސް ޓްރޭނިންގ ކޯސް ފުރިހަމަކޮށް ސްކައުޓް ގްރޫޕެއްގައި މަދުވެގެން 2 (ދޭއް) އަހަރު މަސައްކަތްކޮށްފައިވާ މީހަކަށްވުން ނުވަތަ ސްކައުޓް ޚިދުމަތުގައި ދެމިހުރި މީހަކަށްވުން.
  3. ސްކައުޓް ފަންޑްގެ އުޞޫލުތަކާ އެއްގޮތަށް ފަންޑުގެ ކަންކަން ކުރިޔަށް ގެންދިއުމުގައި ފަންނީގޮތުން ލަފާދީ ޙަރަކާތްތެރިވެވޭނޭ މީހަކަށްވުން.
  4. ސްކައުޓް ޙަރަކާތް ތަރައްޤީކޮށް ކުރިއަރުވައި އަމިއްލަވަންތަކަމާއެކު ޙަރަކާތްތެރިވުމަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ ޙަރަކާތްތައް ހިންގުމުގެ ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ވިސްނުމާއި ފިކުރުހުރި އަދި އިސްނަގައިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  5. ސްކައުޓް ފަންޑު ބޯޑުން ޙަވާލުކުރާ އެންމެހައި ޒިންމާތަކާއި ވާޖިބުތައް އަދާކުރަން ފަސްނުޖެހޭ އަދި އެކަމަށް ވަގުތު ދެވޭނެ މީހަކަށްވުން.

އިންތިޚާބަށް ކުރިމަތިލާނޭ ގޮތް

ފަންޑު ބޯޑުގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި އިޢުލާނާ އެކުގައިވާ ފޯމު ފުރިހަމަކޮށް ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ފޮނުއްވާ އީމެއިލްގައި، އެއީމެއިލްގައި އެޓޭޗްކޮށްފައިވާ ތަކެތީ ލިސްޓެއް ލިޔުއްވަން ވާނެއެވެ. އީމެއިލް ލިބުނުކަން ބަޔާންކުރާ އީމެއިލެއް އެސޯސިއޭޝަނުން ފޮނުވާނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއް މިއެސޯސިއޭޝަނުން ބޭނުންފުޅުވާނަމަ އެކަމެއް ބަޔާންކޮށް ބާރުދޭ ލިޔެކިޔުންތަކާއެކު [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

 

 

 

06 ސެޕްޓެންބަރު 2021