ދިވެހިރާއްޖެ
އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަދިނުމުގެ އުސޫލު
ތަޢާރުފާއި ނަން |
(ހ) |
މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 39 ވަނަ މާއްދާގެ (ބ) ގެ ދަށުން ބާރުލިބިގެން، ގަވާއިދު ނަންބަރު 2014/R-380 (ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް ބެހެއްޓޭނެ ސަރަހައްދު ކަނޑައެޅުމާއި، އެފަދަ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރިކުރުމާއި، އެކަންކަމަށް ފީނެގުމާބެހޭ އުސޫލެވެ. |
|
|
|
(ށ) |
މިއުސޫލަށް ކިޔާނީ [އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރިކުރުމުގެ ހުއްދަދިނުމުގެ އުސޫލު] އެވެ. |
އަމަލުކުރަން ފަށާ ތާރީހު |
(ހ) |
މި އުސޫލަށް އަމަލުކުރަން ފަށާނީ، މިއުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. |
|
|
|
(ށ) |
މި އުސޫލަށް އަމަލުކުރަން ފަށާއިރު މަގުމަތީގައާއި އާންމު ތަންތަނުގައި ކާބޯތަކެތި ވިއްކުމުގެ ވަގުތީ ހުއްދަ ދެވިފައިވާ ގާޑިޔާ ތަކުން މި އުސޫލް ގެޒެޓްކުރާ ތާރީހުން ފެށިގެން 90 ދުވަސް ތެރޭގައި މި އުސޫލާ އެއްގޮތައް އަލުން ވިޔަފާރިކުރުމުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި އެ މުއްދަތުގެ ފަހުން އެފަދަ ތަންތަނަށް ދޫކޮށްފައިވާ ވަގުތީ ހުއްދަތައް ބާތިލުވީއެވެ. |
ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުސޫލު ހިންގުމާއި އިސްތިސްނާތައް |
(ހ) |
މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިއުސޫލުގެ ދަށުން ހިނގާނެއެވެ. |
|
|
|
(ށ) |
ޢާއްމުމައިދާންތަކާއި މަގުތަކުގައި ވަކި މުނާސަބަތަކާއި ގުޅިގެން ކުރުމުއްދަތަކަށް ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ކުރާ ވިޔަފާރި މިއުސޫލުން އިސްތިސްނާވެގެންވެއެވެ. |
ޢާއްމު މައިދާންތަކާއި މަގުތަކުގައި ވިޔަފާރިކުރުން |
(ހ) |
މިއުސޫލުގައި ބަޔާންކުރެވިފައިވާ ގޮތަށް ޢާއްމުތަންތަނާއި މަގުތަކުގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރިކުރަންވާނީ، މި އުސޫލާ އެއްގޮތްވާގޮތުގެމަތިން އެ އަވަށެއްގެ އަވަށު އޮފީހުން ހުއްދަ ހޯދައިގެންނެވެ. |
|
|
|
(ށ) |
މި އުޞޫލުގައިވާގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީ ކުރުމަށް -/100ރ (ސަތޭކަ) ރުފިޔާގެ ފީ އެއް ދައްކަންވާނެއެވެ. ރަޖިސްޓްރީ ގެއްލިގެން އަލުން ހައްދާނަމަ -/50ރ (ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. |
|
|
(ނ) |
މިއުސޫލުގައި ބަޔާންކުރެވިފައިވާ ގޮތަށް ޢާއްމުތަންތަނާއި މަގުތަކުގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރި ހުއްދަ ދޭންވާނީ މި އުސޫލާއި އެއްގޮތްވާގޮތުގެމަތިން ޗެކްލިސްޓްއެއް ތައްޔާރުކޮށް އަވަށުއޮފީސް ތަކުން އެ ތަންތަން ޗެކްކުރުމަށްފަހު އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމުންނެވެ. |
|
|
(ށ) |
ކައުންސިލުން ވަކިގޮތަކަށް ހުއްދަ ނުކުރާހާ ހިނދަކު، ޢާއްމުތަނެއްގައި ނުވަތަ މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. |
ސަރަހައްދުގެ ކަނޑައެޅުމާއި ވިޔަފާރި ކުރުން |
(ހ) |
އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް ބަހައްޓަންވާނީ އެފަދަ ތަކެތި ބެހެއްޓުމަށް ހާއްސަކުރެވޭ ސަރަހައްދު ތަކުގައެވެ. |
|
|
|
(ށ) |
އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކާއި ޖަގަހަތައް ކަނޑައަޅާނީ މޭޔަރުގެ މަޝްވަރާގެމަތިން އެ އަވަށެއްގެ އަވަށު އޮފީހުންނެވެ. |
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަރަހައްދުތައް ކަނޑައެޅުމުގައި ޖާގަ އޮންނަ ބޮޑެތި މައިދާންތަކާއި މަގުތަކަށް ބަލަންވާނެއެވެ. އަދި އެ ސަރަހައްދުތަކުގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް ބެހެއްޓޭނެ ޖަގަހަތައް ކަނޑައަޅަންވާނީ އެ ސަރަޙައްދުން ހިނގާ މީހުންނާއި ދުއްވާއެއްޗެއްސައް ދަތިނުވާފަދަ ގޮތަކަށެވެ. |
|
|
(ރ) |
މިނަންބަރުގެ (ހ)ގައިވާ ގޮތުގެމަތިން އަވަށު އޮފީހުން ކަނޑައަޅާ ސަރަހައްދުތަކާއި އެ ތަނަކަށް ނުވަތަ އެއެއްޗަކަށް ނުވަތަ އެ އުޅަނދަކަށް އެސަރަހައްދުތަކުން ކަނޑައެޅިފައިވާ ޖަގަހަތައް ފިޔަވައި އެހެން ތަންތާގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ. |
|
|
(ބ) |
މި އުސޫލުގައިވާގޮތުގެމަތިން ކާނާ ވިއްކާ ތަންތަނާއި ތަކެތީގައި ވިޔަފާރިކުރަން އިންނަ މީހާއާއި އޭނާއަށް އެހީތެރިވާ މީހާއަށް ބޭނުންވާ 2 (ދޭއް) ގޮނޑީގެ އިތުރުން ހުއްދަދެވިފައިވާ ސަރަޙައްދުގައި 5 (ފަހެއް) ގޮނޑިއަށްވުރެ އިތުރަށް ގޮނޑި ބަހައްޓަންވާނީ އެކަމަށް އެދި އެ އަވަށެއްގެ އަވަށު އޮފީހަށް ހުށަހަޅައި ގޮނޑި އިތުރު ކުރެވިދާނެކަމަށް ބަޔާންކޮށް ލިއުމަކުން އަވަށު އޮފީހުން ހުއްދަ ދިނުމުންނެވެ. އަދި މި އުސޫލުގެ ދަށުން ކާނާ ވިއްކާ އުޅަނދުފަހަރުގެ ކައިރީގައި ގޮނޑި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ޅ(
|
މި އުސޫލުގެ ދަށުން ކާނާ ވިއްކާ އުޅަނދުފަހަރުގެ ބޭރުގައި ވިޔަފާރިކުރުމަށް ބަހައްޓާތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.
|
|
|
(ކ) |
މި އުސޫލުގެ ދަށުން ކާނާ ވިއްކާ ތަންތަނާއި ތަކެތީގައި ވިޔަފާރިކުރުމަށް ބަހައްޓާތަކެތި އެތަންތަނާއި ތަކެއްޗަށް ކަނޑައެޅިފައިވާ ޖަގަހަ އިން ބޭރުގައި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(އ) |
މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް މި އުސޫލުގެ ދަށުން ކާނާ ވިއްކާ ތަންތަނާއި ތަކެތި ބެހެއްޓުމަށް އަވަށު އޮފީހުން ހުއްދަދީފައިވާ ޖަގަހައިގެ އިތުރަށް އެ ސަރަހައްދު ބޭނުންކުރަން ބޭނުންވެއްޖެނަމަ އެކަމަށް އެދި އަވަށު އޮފީހަށް ހުށަހަޅައި އަވަށު އޮފީހުން ކަނޑައަޅާ ސަރަހައްދެއް އަވަށު އޮފީހުގެ ހުއްދަ ލިޔުމުން ލިބިގެން މަހަކު އަކަފޫޓަކަށް 1 (އެކެއް) ރުފިޔާގެ ރޭޓުން ކުއްޔައް ހިފިދާނެއެވެ.
|
|
|
(ވ) |
މި އުސޫލުގެ ދަށުން ކާނާ ވިއްކާ ތަންތަނާއި ތަކެތި ބެހެއްޓުމަށް އަވަށު އޮފީހުން ހުއްދަދީފައިވާ ޖަގަހައިގެ އިތުރަށް ބިން ބޭނުންކުރުމަށް ދެވޭނީ 500 (ފަސްސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ނޫން ސަރަޙައްދެކެވެ. |
ވިޔަފާރީ ކުރުމުގެ ވަގުތު |
މި އުސޫލުގެ ދަށުން ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރި ކުރަންވާނީ ހުކުރުދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި ފަތިހު 5.30 އިން މެންދަމު 00:00 އަށެވެ. އަދި ހުކުރު ދުވަހުގެ ފަތިހު 5.30 އިން ހެނދުނު 10:30 އަށް އަދި މެންދުރުފަހު 14:00 އިން މެންދަމު 00:00 އަށެވެ. |
||
ވިޔަފާރިކުރުމަށް ބޭނުންކުރާ ތަންތަނާއި ތަކެއްޗާއި އުޅަނދުތައް ހުންނަންވީ ގޮތް |
(ހ) |
މި އުސޫލުގެ ދަށުން ކާނާ ވިއްކާ ތަންތަނާއި ތަކެތި ހުންނަންވާނީ ކައުންސިލުން ގަބޫލުކުރާ ފެންވަރަކަށް ތައްޔާރުކޮށްފައެވެ. |
|
|
|
(ށ) |
މިއުސޫލުގެ ދަށުން ހުއްދަދެވޭ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ކައުންސިލުން އެ ތަނަކަށް ނުވަތަ އެއެއްޗަކަށް ނުވަތަ އެ އުޅަނދަކަށް ކަނޑައަޅާފައިވާ ނަންބަރު ފެންނަ ގޮތަށް އޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ކައުންސިލާއި ޕަބްލިކް ހެލްތް އިން ދޫކޮށްފައިވާ ހުއްދަތައް ފެންނާނޭހެން ބަހައްޓަންވާނެއެވެ. |
|
|
(ނ) |
މިއުސޫލުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއް ނުވަތަ އުޅަނދެއްގައި އަޑުގަދަކޮށް ލަވަޖެހުމާއި އަޑުގަދަވާފަދަ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ. |
|
|
(ރ) |
މިއުސޫލުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއް ނުވަތަ އެއްޗެއް ހިޔާކޮށްފައި ބަހައްޓާނަމަ، އެ ތަނަކުން ނުވަތަ އެއްޗަކުން ބޭރަށް 1 (އެކެއް) ފޫޓަށްވުރެ ބޮޑަށް ނުކުންނަ ގޮތަށް ހިޔާ ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ތަންތަނުގައި ޖަނަރޭޓަރު ބޭނުންކޮށްގެން ނުވާނެއެވެ. |
ވިޔަފާރިކުރުމަށް ހުއްދަ ދެވޭތަކެއްޗާއި ތަންނަނާއު އުޅަނދުތަކުގައި ކާބޯތަކެތި ވިއްކުން |
(ހ) |
މިއުސޫލުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއް ނުވަތަ އުޅަނދެއްގައި ކާބޯތަކެތި ވިއްކަންވާނީ ގަވާއިދު ނަންބަރު 2014/R-380 (ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން ރަޖިސްޓްރީ ކޮށް ހުއްދަ ލިބުމަށްފަހުގައެވެ.
|
|
|
|
(ށ) |
މި އުސޫލުގެ ދަށުން ވިޔަފާރި ކުރުމަށް ހުއްދަދެވޭ އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއް ނުވަތަ އުޅަނދެއްގައި ގަވާއިދު ނަންބަރު 2014/R-380 (ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު އިންޒާރަކާ ނުލާ ވިޔަފާރި ބަންދުކުރެވޭނެއެވެ. |
ޞިއްޙީ މިންގަނޑު ހިފެހެއްޓުން |
މިއުސޫލުގެ ދަށުން ވިއްކާތަކެތި ހުންނަންވާނީ ސިއްޙީގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ޤާނޫނާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ޞިއްޙީ ގޮތުން ކާބޯތަކެތި ބެހެއްޓުމަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގެ ޞިއްޙީ މިންގަޑު ބެލެހެއްޓުމާއި އެއިރަކު ޙަވާލުވެފައިވާ އިދާރާތަކުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ. |
||
ވިޔަފާރިކުރާ ސަރަޙައްދުގެ ސާފުޠާހިރުކަން |
|
މިއުސޫލުގެ ދަށުން ހުއްދަދެވޭ ވިޔަފާރިކުރުމަށް ދެވިފައިވާ ސަރަޙައްދު ސާފުޠާހިރުކޮށް ބެލެހެއްޓުމަކީ ވިޔަފާރިކުރުމަށް ހުއްދަނަގާފައިވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އުފެދޭ ކުނިބުނި، ކުނިއުކާލުމަށް ކަނޑައެޅިފައި އޮންނަ ސަރަޙައްދަކަށް އުކާލަންވާނެއެވެ. އަދި ދުވަހުން ދުވަހަށް އުފެދޭ ކުނި އެޅުމަށްޓަކައި މަތި ބަންދުކުރެވޭފަދަ ޑަސްބިނެއް ބަހައްޓަންވާނެއެވެ. އަދި ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތެއްގައި ރަޖިސްޓްރީކޮށް ގަވާއިދުން ކުނި އުކަންވާނެއެވެ. |
|
މުދާތަކަށް ޒިންމާވުން |
|
މިއުސޫލުގެ ދަށުން ހުއްދަދެވިފައިވާ ތަންތަނާއި ތަކެއްޗާއި އުޅަނދުގައި ވިޔާފާރިއަށް ބޭނުންކުރާ މުދާތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވިޔަފާރިކުރާ ފަރާތުގެ ޒިންމާއެކެވެ. |
|
ވިޔަފާރިކުރުން |
|
މި އުސޫލުގެ ދަށުން ވިޔާފާރި ކުރުމަށް ހުއްދަ ދެވިފައިވާ ތަނުގައި ނުވަތަ އެއްޗެއްގައި ނުވަތަ އުޅަނދެއްގައި އެއްވެސް އިރެއްގައި ދިވެއްސަކު ނެތި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. |
|
ފީނެގުން |
|
ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ހުއްދަދޭ ފަރާތްތަކުން އަހަރަކު 1200 (އެއްހާސް ދުއިސައްތަ) ރުފިޔާ ވިޔަފާރި ރަޖިސްޓްރީ ކުރާ އަވަށެއްގެ އަވަށު އޮފީހަކަށް ދައްކަންވާނެއެވެ. |
|
ކާބޯތަކެތި ވިއްކުމަށް ކަނޑައެޅިފައިވާ ހުއްދަ ނެގުން |
|
މި އުސޫލުގެ 8 ވަނަ މާއްދާގައި ވާ ގޮތުގެމަތިން ހުއްދަ ނެގުމަށްފަހު ވިޔަފާރި ފެށުމުގެ ކުރިން އެ ހުއްދައިގެ ކޮޕީ އެއަވަށެއްގެ އަވަށު އޮފީހަށް ދޭންވާނެއެވެ. އަދި ވިޔަފާރިކުރާ ތަނުގައި ނުވަތަ އެއްޗެއްގައި ނުވަތަ އުޅަނދެއްގައި ކައުންސިލުން ދޫކުރާ ވިޔަފާރި ހުއްދަ އަދި ހެލްތް ޕްރެޓެކްޝަން އެޖެންސީއިން ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކުން ދޫކުރާ ކާބޯ ތަކެތީގެ ހިދުމަތް ދިނުމުގެ ހުއްދަ އޮންނަންވާނެއެވެ. |
|
އުސޫލާ ހިލާފަށް އަމަލުކުރުން |
|
މިއުސޫލުގައި މަނާކޮށްފައިވާކަމެއް ކުރުން ނުވަތަ ކުރުމަށް ކަނޑައަޅާފައިވާކަމެއް ނުކޮށްފިނަމަ، އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އާއި -/5000ރ (ފަސްހާސް) ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް -/500 ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށް -/1000ރ (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް އަދި ތިންވަނަ ފަހަރަށް ނުވަތަ އެއަށްވުރެ އިތުރަށް އުޞޫލާއި ހިލާފްވާ ކޮންމެފަހަރަކު -/2000ރ (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ. |
|
ވިޔަފާރި ހުއްދަ ބާތިލުކުރުން |
|
މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖޫރިމާނާގެ ފައިސާ ޖޫރިމަނާ ކުރާ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި ނުދައްކައިފިނަމަ ނުވަތަ މި އުސޫލުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ފީ ނުދައްކައި 03 މަސް ދުވަސް ވެއްޖެނަމަ މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ވިޔަފާރި ހުއްދަ ބާޠިލްކުރުމުގެ އިޚްތިޔާރު އެ ހުއްދައެއް ދޫކުރި އަވަށު އޮފީހަކަށް ލިބިގެންވެއެވެ. |
|
މިއުސޫލު ހިންގުމަށް ކަނޑައަޅަންޖެހޭ ސަރަހައްދުތައް ކަނޑައަޅައި އާންމުކުރުން |
|
މިއުސޫލު ނަގަހައްޓައި ހިންގުމަށްޓަކައި, މިއުސޫލަށް ޢަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން އެ އަވަށެއްގެ އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުގައި ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް އަވަށު އޮފީސްތަކުން ކަނޑައަޅައި އާންމުކޮށް އިއުލާން ކުރަންވާނެއެވެ. |
|
މާނަ ކުރުން |
|
(ހ) |
ކައުންސިލް: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ އައްޑޫ ސިޓީ ކައުންސިލެވެ. |
|
|
(ށ) |
އަވަށު އޮފީސް: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، އަވަށު އޮފީހުގެ މާނައިގެ ތެރޭގައި ހިމެނޭނީ އައްޑޫގެ އެކި އަވަށްތަކުގައި ކައުންސިލްގެ ޚިދުމަތްތައް ދިނުމަށް ކައުންސިލުން ގާއިމްކޮށްފައިވާ އަވަށު އޮފީސްތަކެވެ. |
|
|
(ނ) |
ކާނާ ވިއްކާ ތަންތަން: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކާނާ ވިއްކާ ތަންތަނުގެ މާނައިގެ ތެރޭގައި ހިމެނެނީ އާންމުތަންތަނުގައި ނުވަތަ މަގުމަތީގައި ކާބޯތަކެތި ވިއްކުމަށް ކައުންސިލުން ކަނޑައަޅާ ތަންތަނަށެވެ. |
|
|
(ރ) |
ކާނާ ވިއްކާ ތަކެތި: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކާނާ ވިއްކާ ތަކެތީގެ މާނައިގެ ތެރޭގައި ހިމެނެނީ އެއްޗެހި އަރުވައިގެން މަގުމަތީގައި ދެމޭގޮތައް ނުވަތަ ކޮއްޕޭގޮތައް ފުރޮޅުލައިގެން ހަދާފައިވާ ގާޑިޔާ ތަކާއި ކާބޯތަކެތި ވިއްކުމަށް ބަހައްޓާ މޭޒު ތަކެވެ. |
|
|
(ބ) |
ކާނާ ވިއްކާ އުޅަނދު: މިއުސޫލުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކާނާ ވިއްކާ އުޅަނދުގެ މާނައިގެ ތެރޭގައި ހިމެނެނީ ދިވެހިރާޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަތަރު ފޮރޮޅުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން ކާބޯތަކެތި ވިއްކުމަށް ހާއްސަ ކޮށްގެން ހަދާފައިވާ ފުޓް ޓްރަކް ފަދަ އުޅަނދުތަކެވެ. |
|
|
(ޅ) |
މިއުސޫލުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް ފަދަތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ. |
12 އޯގަސްޓް 2021
ނޯޓު: މި އުސޫލަކީ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 426-B(4)/2021/064 (12 އޯގަސްޓް 2021) ކައުންސިލްގެ ނިންމުން އިން ފާސްކޮށްފައިވާ އުސޫލެކެވެ.