ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-REG/23/2021/9
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 13 ސެޕްޓެންބަރު 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                       

 މިނިސްޓްރީ އޮފް ހެލްތް

 މާލެ، ދިވެހިރާއްޖެ

ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

 

ފޯލްސިފައިޑް ސައިޓޯޓެކް ޓެބްލެޓް ޑަބްލިއު.އެޗް.އޯގެ އެލާޓް ނަންބަރު:  RPQ/REG/ISF/Alert No 3/2021

 

           ލޭބާ އިންޑަކްޝަން އަށް ބޭނުންކުރާ ބޭހެއްް ކަމަށްވާCytotec 200mg (Misoprostol)  ގެ ލެބޯޓްރީ ތަހުލީލުތަކުން ފެއިލްވެފައިވާ ފޯލްސިފައިޑް ބޭސްތަކެއް، އެފްރިކާ ބައްރުގައި ދައުރުވަމުންދާ ކަމަށް ޑަބްލިއު.އެޗް.އޯގެ ނަންބަރު:RPQ/REG/ISF/Alert No3.2021 އިން ވަނީ އެލާޓް ކުރައްވާފައެވެ.

 

            ޕޯޓް ކޮންޓްރޯލްގެ އިމްޕޯޓް ރިކޯޑްސް އާއި މިއޮތޯރިޓީގެ ބެލިބެލުމުން މިހާތަނަށް މި ކުންފުނިން އުފައްދާ މިބޭހުގެ މިބެޗް ރާއްޖެ އެތެރެވެފަައިއެއްނެތެވެ. ބޭސް ސިޓީއަށް، އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް  މިބޭސް އިމްޕޯރޓް  ކުރެވިފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ. ބޭސް ސިޓީއަށް ވެސް މިބޭހުގެ މިބެޗް  އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. އަދި  ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން،  ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް  ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 އިތުރަށް މިބޭސް އިމްޕޯޓް ކުރެވި ބޭނުންކުރުމުގެ ހިރާސް ކުޑަ ނަމަވެސް، މިމައުލޫމާތު ބޭސް އިމްޕޯޓް ކުރާ ފަރާތްތަކާއި، ވިއްކާފަރާތްތަކާއި އަދި ބޭނުންކުރާފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

CYTOTEC 200 microgram tablets

Product Name

PFIZER

Stated Manufacturer

misoprostol

Stated active ingredient

B14660

B16519

Batch/Lot Number

Not Stated

05/2019

Manufacturing Date

12/2021

05/2022

Expiry Date

Spanish

English

Packaging Language

Cameroon, Nigeria

Cameroon, Democratic Republic of Congo, Ghana

Identified in

 

             މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2021