ނީލަން
ނަންބަރު: (IUL)282/282/2021/38
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 15 ސެޕްޓެންބަރު 2021 00:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

 

               ވޭސްޓްމެނޭޖަމަންޓް ސެންޓަރގައި ކުރިން ބޭނުންކުރި 1.5 ޓަނުގެ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 ވީމާ، މި ޕިކަޕް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން ހުށައަޅުއްވާ އެންމެ މަތީ އަގު ލިޔުއްވާ

 އައިޑީކާޑު ކޮޕީއަކާއެކު ސިޓީއުރައެއްގައި ބަންދު ކުރައްވައި މިކައުންސިލަށް ހުށައަޅުއްވަމުން ގެންދިއުމަށް ދަންނަވަމެވެ. ހުށައެޅޭ އަގުތަކުގެ ތެރެއިން

 އެންމެ މަތީ އަގު ރަސްމީ ގަޑީގައި މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ނީލަން ފެށޭ އަގަކީ 50000 (ފަންސާސް ހާސް) ރުފިޔާއެވެ. ނީލަން ނިންމުމަށް

ހަމަޖެހިފައިވާނީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން އެއްއަގެއްގައި 03 ދުވަހު އޮވެއްޖެނަމައެވެ. މިނީލަން ކުރިއަށް ދާނީ 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނީލަން ނިންމާދުވަހުގެ އެންމެ މަތީ އަގު ހުށައަޅުއްވާފައިވާ ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6540056 ނުވަތަ 9999838

ނަމްބަރަށް ގުޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2021