ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/133/2021/14
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 12 ސެޕްޓެންބަރު 2021 13:30
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

 މަޤާމު:

 ޑިރެކްޓަރ ޖެނެރަލް  

 މަޤާމުގެ ނަންބަރު:

 J-269602

 ބޭނުންވާ އަދަދު:

 1

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކު:

 އީ.އެކްސް 5

 މަޤާމުގެ ކްލެސިފިކޭޝަން:

 ޑިރެކްޓަރ ޖެނެރަލް 

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން / ކ. މާލެ

 މުސާރަ:

 13890.00 ރުފިޔާ  

 ސަރވިސް އެލަވަންސް:

 2000.00 ރުފިޔާ

 އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލެވަންސް2 : -/1500 ރުފިޔާ  (ފަނަރަ ސަތޭކަ ރުފިޔާ)
  2. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލެވަންސް (އަސާސީ މުސާރައިގެ %35)
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. ޒިންމާދާރުވެރިޔާގެ ގޮތުގައި ޑިޕާޓްމަންޓްގެ އެންމެހައިކަންތައްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ޑިޕާޓްމަންޓްގެ މެންޑޭޓްއާއި ގުޅިގެން ސެކްޝަންތަކުގެ މަސައްކަތްތައް ހާސިލްކުރުމަށް ބޭނުންވާނެ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން ހެދުމާއި ޑިވިޜަންތަކުގެ ވެރިންނަށް  ބޭނުންވާނެ ފަންނީ ލަފާ ދިނުން.
  3. މި ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ރޭވުންތައް ރޭވުމާއި ވޯކް ޕްލޭން ހެދުމުގެ މަސައްކަތް ވިލަރެސްކުރުމާއެކު، ސެކްޝަން ހެޑުން މެދުވެރިކޮށް މަސައްކަތްރާވާ ބެލެހެއްޓުން އަދި ލަފާޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.
  4. ދިވެހި ރައްޔިތުންގެ ކާޑު ހެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މިދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާނެ ހުނަރުތައް ފާހަގަކޮށް  ކަމާއިބެހޭ ވުޒާރާތަކާއި ގުޅިގެން މިކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  5. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ޤާނޫނާއި ގަވާއިދު އިމްޕްލިމެންޓްކުރުމުގައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމާއި މިކަންކަން ކުރުމުގައި ސްޓާފުން ގައިޑްކޮށްދިނުން.
  6. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މޭންޑޭޓްގައި ހިމެނޭ އެންމެހައި ކަންތައްތައް ކުރެވޭތޯ ކަށަވަރުކުރުން.
  7. ޑިޕާޓްމަންޓްގެ ސެކްޝަންތަކުގެ ވެރިންނަށް މަސައްކަތް ހަވާލުކޮށް މޮނިޓަރކޮށް މަސައްކަތުގެ ފެންވަރުބަލާ ޤަވާއިދާ އެއްގޮތަށްކުރިއަށް ގެންދިއުން. 
  8. ޑިޕާޓްމަންޓްގެ އެސް. އޯ. ޕީ ހެދުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން
  9. ޤާނޫން ތަކާއި ގަވާއިދުގެ ދަށުން ހެދުން ލާޒިމްކުރާ އުސޫލްތައް ހެދުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  10. ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކުގެ ދަށުން އަދި އެކޮމިޝަންގެ އިރުޝާދުތަކާ އެއްގޮތަށް ޕަރމަނަންޓް ސެކްރެޓަރީ ހަމަޖައްސާ ނިޒާމެއްގެ ދަށުން ޑިޕާޓްމަންޓް.ގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި މުސާރަލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފަކު ވަޒީފާއަށް ނުނެރި ބެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން
  11. ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމަށާއި ވަޒީފާއިން ވަކިކުރުމަށާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުމަށާއި މުސާރަލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފަކު ވަޒީފާއަށް ނުނެރި ބެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަނުން އެދޭއިރު، އެ ކަން ކަމަށް އަވަސް ފިޔަވަޅު އެޅޭނެ ގޮތަށް، ކަމާ ބެހޭ ހުރިހާ ތަފްސީލްތައް ޕަރމަނަންޓް ސެކްރެޓަރީ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން. 
  12. އޮފީހުގެ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  13. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި ޑިޕާޓްމަންޓް ތަމްސީލްކުރުން. 
  14. ޑިޕާޓްމަންޓަށް ހޯދާ ތަކެއްޗާއި ޚިދުމަތްތައް މާލިއްޔަތު ޤަވާއިދާއި ޕްރޮކިއުމަންޓް ގަވާއިދާއެއްގޮތަށް ކުރިއަށްދޭތޯ ޔަގީން ކުރުން.
  15. އެސް. އޭ. ޕީ ސިސްޓަމްން އިން ހަދާ ބިލް ތަކާއި މުސާރަ ޕޯސްޓްކުރުމާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވައުޗަރތައް ހެދިފައިވޭތޯ ޔަގީންކޮށް ޚަރަދުތަކުގެ ވައުޗަރތަކުގައި ސޮއިކުރުން. 
  16. އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން މެނޭޖްމަންޓް ލެވެލްގައި ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ ކަންކަން ރަނގަލުކުރުމަށް ބޭނުންވާ އިރުޝަދު ދިނުން.

 މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖުމަންޓް / މެނޭޖުމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މަނޭޖުމަންޓުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

   ނުވަތަ:

  1. އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްތްރޭޝަން / ބިޒްނަސް މެނޭޖުމަންޓް / މެނޭޖުމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ  ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝާން / މަނޭޖުމަންޓުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން.

-          ބިޒްނަސް މެނޭޖުމަންޓް.

-          މެނޭޖުމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

 ޕްރިފަރޑް ޑިސިޕްލިންތައް:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން.

-          ބިޒްނަސް މެނޭޖުމަންޓް.

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

 މަޤާމުގެ  ކޯ ޑިސިޕްލިންތައް:

 ނެތް

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 އެޑްމިނިސްޓްރޭޝަން އަދި މެނޭޖުމަންޓް

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/15151) އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓުން  https://www.dnr.gov.mv/#_downloads) ) އަދި މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ   ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް   ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި   (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.   ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ   ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 

ތަފްޞީލް

ކެޓެގަރީގެ ޖުމުލަ އިންސައްތަ (%)

ތަޢުލީމަށް ލިބުނު ޕޮއިންޓުގެ އިންސައްތަ

30

އަސާސީ ޝަރުތައްވުރެ އިތުރުވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން ޕޮއިންޓުގެ އިންސައްތަ

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކއޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން ދެވޭނެއެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ސެޕްޓެމްބަރ 12 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް   ރަޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( ([email protected] އެޑްރެސް މެދުވެރިކޮށް ވެސް   ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 

 ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން   ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން   އޮންނަ ނަމަ، އެ ބައި ވެސް   ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ 2021 ސެޕްޓެމްބަރ 14 އާއި 30 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް   ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާގައެވެ. ވުމާއެކު މި ވަޒީފައަށް ޝޯޓްލިސްޓް ވާ ފަރާތްތަކުން މި ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް   ތައްޔާރުވެގެން ތިބުންއެދެމެވެ.

 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު   ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"   އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް   ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް   އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3033203 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މެއިލް ކޮށްގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ މަޤާމަށް ކުރިމަތިލާ   ފަރާތުގެ ޒިންމާއެކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅައިފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ   ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

06 ސެޕްޓެންބަރު 2021