މަސައްކަތް
ނަންބަރު: (IUL)219-CS/1/2021/19
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 19 ސެޕްޓެންބަރު 2021 11:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރި އިއުލާން ނަންބަރ (IUL)219-CS/1/2021/17) މަޢުލޫމާތު ޝީޓަށް އައިސްފައިވާ ބަދަލަކާ ގުޅިގެން އިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރުން

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު (15/2008) މުރާޖާކޮށް އައު ބިލެއް ފަރުމާކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއެވެ. މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ އާރު.އެފް.ޕީގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

 

ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

06 ސެޕްޓެންބަރު 2021