ކުއްޔަށް ދިނުން
ނަންބަރު: (IUL)142-A1/142/2021/112
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 12 ސެޕްޓެންބަރު 2021 10:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފު ޢިމާރާތެއް ކަމަށްވާ "ދާރުލް އީމާން" ގެ 06 ފަންގިފިލާ ކުއްޔަށް ދިނުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވަޤްފު ޢިމާރާތެއް ކަމުގައިވާ "ދާރުލް އީމާން" ޢިމާރާތުގެ 06 ފަންގިފިލާ (ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯއަށް) ކުއްޔަށްދޫކުރުމަށް ބޭނުންވާތީ، "ދާރުލް އީމާން ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 4 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާ، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށާއި މި މިނިސްޓްރީއާއި ގުޅުންހުރި ޚިދުމަތް ދޭ ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

ކުޔައްދޫކުރާ 06 ފަންގިފިލާގެ ޖުމުލަ  ބޮޑުމިނަކީ 8400 އަކަފޫޓެވެ. އަދި ކުއްޔަށް ހިފުމުގައި ބަލާނޭ އެންމެ ދަށް ރޭޓަކީ، އަކަފޫޓަކަށް 35 ރުފިޔާ އެވެ. ދާރުލް އީމާންގެ 06 ފަންގިފިލާ (ގްރައުންޑް ފްލޯއިން ފެށިގެން 5 ވަނަ ފްލޯއަށް) ކުއްޔަށްދިނުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅާފަރާތުގެ އަގު މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ (ދިހަ އިންސައްތަ) ބޮޑު ނުވާނަމަ، މިހާރު ކުއްޔަށް ހިފާފައިވާ ފަރާތަށް ދިނުމަށެވެ. އަދި މިހާރު ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާ އަގަށްވުރެ 10% (ދިހަ އިންސައްތަ) އަށް ވުރެ ބޮޑުއަގުތަކެއް ހުށަހަޅައިފިނަމަ، ކުއްޔަށްދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފަރާތެކެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ސެޕްޓެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ މެއިލްގައި އިޢުލާން ނަންބަރާއި ކުއްޔަށް ހިފަން އެދޭ އިދާރާގެ ނަން ހިމަނަންވާނެއެވެ.

 

މި 06 ފަންގިފިލާ ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. މި ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރާގެ ބޭރުގައި އިޢުލާން ނަންބަރާއި އިޢުލާންގެ ސުރުޚީ ހިމަނަންވާނެއެވެ.

ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

   -   ކުންފުނީގެ ޕްރޮފައިލް

-     ކުއްޔަށް ހިފަން ހުށަހަޅާ އަގާއި މުއްދަތު އެނގޭނޭ ލިޔުމެއް

-     ކުލި ދައްކަން ހުށަހަޅާ ގޮތް (އެއްފަހަރާ / ވަކިވަކިން ބަހާލައިގެން)

-     ފައިނޭންޝަލް ކެޕޭސިޓީ އެނގޭނޭ ރަސްމީ ލިޔުމެއް

 

މި ޢިމާރާތުގެ ފްލޯޗާޓު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

05 ސެޕްޓެންބަރު 2021