ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-PLS/199/2021/31
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 16 ސެޕްޓެންބަރު 2021 14:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް ޤާއިމްކުރުމަށް ކޮންސަލްޓެންޓެއް ހޯދުން

އިޢުލާން

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް ޤާއިމްކުރުމަށް ކޮންސަލްޓެންޓެއް ހޯދުން

މި އެޖެންސީއިން ކުރިއަށްގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކް" އެއް އެކުލަވާލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓަންޓެއް ބޭނުންވެއްޖެވެ. ކޮންސަލްޓަންޓުގެ ކިބައިގައި ހުންނަންޖެހޭ ތައުލީމާއި ތަޖުރިބާ، މަސައްކަތުގެ މުއްދަތާއި އަދި އުޖޫރަ، މި އިޢުލާނާއި އެކުގައި ވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރާ އެންމެހާ ލިޔެކިޔުންތަކާއިއެކު 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ލިޔެކިޔުންތައް  [email protected]އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

ކޮންސަލްޓެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް

ތައުލީމީ ފެންވަރު އަދި ތަޖުރިބާ - %60

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު - %40

 

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

05 ސެޕްޓެންބަރު 2021