ދިވެހިރާއްޖެ
ނަމްބަރު:297/297/2021/64(IUL)
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
މިރަށު ނަހުޒާ ޕްރީސްކޫލް - ނާސަރީ އަދި ބޭބީ ނާސަރީއަށް ކިޔަވައިދިނުން ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިއިއުލާނާއެކު ގެޒެޓްކުރެވިފައިވާ މައުލޫމާތު ބެއްލެވުމަށްފަހު މިކަމަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިއިއުލާނާއި ގުޅިގެން މިއިދާރާގެ ނަންބަރު:297/297/2021/56(IUL) އިއުލާނަށް އިޖާބަދީ ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިއުލާންވަނީ ބާޠިލްކުރެވިފައެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:
# |
މާރކްސްދެވޭ ކްރައިޓީރިއާ |
މާރކްސް |
1 |
ސްކޫލް ހިންގާނެގޮތުގެ ޕްލޭން: - ފީ ނަގާނަމަ ފީގެ ތަފްސީލް - ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް - ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެގޮތް - ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމާއި، ތަރައްޤީކުރުން |
40 |
2 |
މުވައްޒަފުންނާގުޅޭ އެންމެހައި ޕްލޭންތައް: - މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް - މުވައްޒަފުންނަށް ދެވޭނެ ތަމްރީން - މުވައްޒަފުންގެ އަސާސީ ޝަރުތުތައް |
15 |
3 |
ޚިދުމަތް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ޕްލޭން: - ޚިދުމަތްފެށޭނެ މުއްދަތު - ޚިދުމަތް ފުޅާކުރަން ހުށަހަޅާ ޕްލޭން - މަރާމާތުކުރުން |
20 |
4 |
ކައުންސިލަށް ލިބޭނެ މަންފާ/ފައިދާ: - ކުއްޔެއް ހުށަހަޅާނަމަ ކުލި - އެހެނިހެން އިޖުތިމާާޢީ އެހީތެރިކަން - ކައުންސިލަށް ލިބޭނެ އެހެނިހެން ފައިދާ |
15 |
5 |
މުއްދަތު |
10 |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
28 މުޙައްރަމް 1443
5 ސެޕްޓެމްބަރ 2021