ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2021-403
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 18:04
ސުންގަޑި:
09 ސެޕްޓެންބަރު 2021 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
ކެޕްޓަން
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
މަހާ ޖައްރާފު
|
އަދަދު
|
01
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
މުސާރައާއި ޢިނާޔަތްތައް
(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)
|
- 109،000ރ
- ސްޓާފް މެޑިކަލް އިންޝުއަރެންސް
- ޕެންޝަން ސްކީމް
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 6 ދުވަހު – ޑިއުޓީ ޝެޑިއުލް އާއި އެއްގޮތަށް
|
ޝަރުޠު
|
- ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ : މާސްޓަރ އަންލިމިޓެޑް (500 GT ގެ އުޅަނދެއްގެ މާސްޓަރުކަން (STCW II/2))
- ޖީ.އެމް.ޑީ.އެސް.އެސް ސެޓްފިކެޓް ފުރިހަމަ ކޮށްފައިވުން.
- STWC Manila 2010 (އެއަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭ ގޮތަށް) ގައި ބަޔާން ކޮށްފައިވާ މިންގަނޑަށް ފެތޭ ތަޢުލީމާއި ތަމްރީން ޙާސިލްކޮށްފައިވުން.
- މަދުވެގެން 1 އަހަރު ދުވަހުގެ ތެރޭގައި ބާޠިލުނުވާނެ ޞައްޙަ މެޑިކަލް ފިޓްނަސް ލިބިފައިވުމާއެކު ރަނގަޅު ފެނުމާއި އަޑުއިވުން ލިބިފައިވުން.
- އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔެކިޔުމުގެ ޤާބިލްކަން ލިބިފައިވުން.
- އެންސިލަރީ ޕްރޮފިޝަންސީ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިވުން (އަޕްޑޭޓެޑް STCW ބޭސިކް ސޭފްޓީ ޓްރެއިނިންގ ކޯސް ހިމެނޭ ގޮތަށް)
- ޕީއެމްއެސް ސިސްޓަމަށާއި ކޮމްޕިއުޓަރަށް ފަރިތަވުން.
- ނިޔަމިކަމުގެ ރައްކާތެރިކަމަށްޓަކައި، ECDIS އަށް ފަރިތަވުން.
- ބްރިޖް ރިސޯސް މެނޭޖްމަންޓާއި، ލީޑަރޝީޕް އަދި މެނެޖީރިއަލް ހުނަރުތަކުގެ ޢިލްމު ލިބިފައިވުން.
- މަދުވެގެން 2 އަހަރުދުވަހު މާސްޓަރ (އެފް.ޖީ ޓްރޭޑް) މަގާމް އަދާކޮށްފައިވުން ނުވަތަ
- މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޗީފް އޮފިސަރ މަގާމު އަދާކޮށްފައިވުން.
- ޑްރެޖަރ އެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ޓާރމްސް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2021 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 2021 ސެޕްޓެމްބަރ 12 ން 2021 ސެޕްޓެމްބަރ 24 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވެބްސައިޓް:
|
https://mtcc.mv/careers/
|
ފޯން:
|
3001100
|
ނޯޓް:
|
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
|
04 ސެޕްޓެމްބަރ 2021