ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) PSM-FP/ PSM/2021/163
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 20 ސެޕްޓެންބަރު 2021 11:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީއެސްއެމްއަށް ގަންނަން ބޭނުންވާ ވެހިކަލް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/163

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-90-21) PSM-GA-2021 /16

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

                ޕީއެސްއެމް  އަށް ގަންނަން ބޭނުންވާ ވެހިކަލްތަކެއް ވިއްކާނެ ފަރާތެއް، ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)-PSM-FP/PSM/2021/122 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުވާތީ އެ އިޢުލާން ބާތިލްކޮށް, ތިރީގައި ދެންނެވިފައިވާ ވެހިކަލް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

1 ވޭން (7 ސީޓްސް)

          ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި ވެހިކަލް ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2021  ވާ ބުދަ ދުވަހުގެ  11:00  އަށް  ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ  ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

24 މުހައްރަމް 1443   

01 ސެޕްޓެމްބަރ 2021

02 ސެޕްޓެންބަރު 2021