ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164-HR/1/2021/44
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 13 ސެޕްޓެންބަރު 2021 13:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޑިޖިޓަލް އައިޑެންޓިޓީ - ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ

އިއުލާން

ޑިޖިޓަލް އައިޑެންޓިޓީ އިނީޝިއޭޓިވްގެ މަޤްޞަދަކީ ރައްޔިތުމީހާ ޑިޖިޓަލް މުޢާމަލާތު ކުރުމުގައި ފަސޭހަކަމާ، ރައްކާތެރިކަމާއިއެކު އޭނާގެ ޝަހުސު ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ސާބިތުކޮށްދެވޭނެމަގު ފަހިކޮށްދިނުމެވެ.

މަޤާމް:

ސީނިއަރ ސޮފްޓްވެއަރ އިންޖިނިއަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ / މާލެ، ދިވެހިރާއްޖެ

މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މަޤާމަށް އެދި ހުށަހަޅުއްވަންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 13 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޓަރމްސް އޮފް ރިފަރަންސްގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއި އެކު މިއޮފީހުގެ އީމެއިލް: [email protected] ފޮނުއްވުން އެދެމެވެ. އީމެއިލް ލިބުނުކަމުގައި ބަލާނީ މި އިދާރާއަށް އީމެއިލް ލިބިފައިވާ ގަޑިއެވެ.

މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް އީމެއިލް ކުރަށްވާނީ [email protected] އަށެވެ.

02 ސެޕްޓެންބަރު 2021