މުބާރާތް
ނަންބަރު: (IUL)321-A/321/2021/128
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 12 ސެޕްޓެންބަރު 2021 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

:(IUL)321-A/321/2021/128 ނަންބަރު                           

އިޢުލާނު

ތުޅާދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

މިއިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް:

މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ.

 

ލޯގޯގައި ހުންނަންޖެހޭ ޝަރުޠުތައް:

  • ލޯގޯއަކީ ބ. ތުޅާދޫ ރަމްޒުކޮށްދޭ، އަދި ތުޅާދޫގެ މަސައްކަތްތެރިކަން ދައްކުވައިދޭ އަދި އެހެންރަށްރަށާ ތުޅާދޫ ތަފާތުވާންޖެހޭ ސަބަބުތައް ދައްކުވައިދޭ އަދި ރަށުގެ ތާރީޚާއި ގުޅުން ހުރި ލޯގޯއެއް ކަމުގައިވާން ޖެހޭނެއެވެ.
  • ލޯގޯގެ މައިގަނޑު ކުލައަކަށް ވާންވާނީ ރަތް، ކަޅު، ގޯލްޑް، ރީނދޫ (ލިޔެލާޖެހުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ) މިކުލަތަކެވެ.
  • ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއެއް ކަމުގައިވާން ވާނެއެވެ.
  • ލޯގޯގެ ޑިޒައިންއަކީ މިކައުންސިލްގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވާން ވާނެއެވެ.                                                                                                                                                                              
  • ލޯގޯ ފަރުމާކުރެވިފައި ވާންވާނީ ވެބް ވާޝަން، ޕްރިންޓް ކޮލިޓީ ވާޝަން އަދި ސްކޭލަބަލް ވެކްޓަރ ގްރެފިކްސް (އެސް.ވީ.ޖީ) ފޯމެޓަށެވެ.
  • 01 ވަނައަށް ހޮވޭ ލޯގޯގެ ކޮޕީރައިޓްސް ކައުންސިލަށް ހަވާލުކުރަން ވާނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ލޯގޯ ހުށަހަޅާފަރާތުގެ ފުރިހަމަ މަޢުލޫމާތު (ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައި.ޑީ ކާޑް ނަންބަރ، ގުޅޭނެ ފޯން ނަންބަރ، އީ މެއިލް އެޑްރެސް) އެނގޭނެ ގޮތަށް މުބާރާތުގައި ބައިވުމަށް ހުށަހަޅާ ސިޓީ
  • ލޯގޯ ހުށަހަޅާފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
  • ފަރުމާކުރި ލޯގޯ މާނަކުރާގޮތް ދިވެހިބަހުން ލިޔެފައިވާ ލިޔުން
  • ލޯގޯގެ ވެބް ވާޝަން، (ޕީއެންޖީ ފޯމެޓްގައި)، ޕްރިންޓް ކޮލިޓީ ވާޝަން (ކުލަ އަދި ގްރޭސްކޭލް ޕީއެންޖީ ފޯމެޓްގައި)،ސްކޭލަބަލް ވެކްޓަރ ގްރެފިކްސް ވާޝަން (އެސް.ވީ.ޖީ ފޯމެޓްގައި)، އަދި ޕީ.އެސް.ޑީ ފޯމެޓްގައި
  • ލޯގޯގެ ކުލަ އަދި ގްރޭސްކޭލް ޕްރިންޓް ތިރީގައިވާ ސައިޒުތަކުގައި

-  4cm X 4cm

 - 14cmX 14cm               

 

ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

  • ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
  •  ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، ތުޅާދޫގެ ތާރީޚް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން އަދި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.
  • މުބާރާތުން 01 ވަނައަށް ހޮވޭނީ 75 އިންސައްތައަށް ވުރެ މަތިން މާރކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތެވެ.

 

އިނާމް

މިމުބާރާތުން 01 ވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް 5,000.00 (ފަސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ސުންގަޑި

މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 10:00 ށް ތުޅާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ދުރުވެ ޢިއުލާންގައި ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.  އަދި ތަކެތި ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ.މިފަދަ ލިޔުމެއްނެތި ހުށަހަޅާ ހުށަހެޅުންތަކާއި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނޫން ހުށަހެޅުންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25  މުޙައްރަމް    1443

02 ސެޕްޓެންބަރު 2021