ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/1/2021/60
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:12
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޑިއުޓީ މަޢާފް ކުރުމަށްއެދޭ ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުމާބެހޭ.

ކަސްޓަމްސް ޢާއްމު ގަވާއިދުގެ 108 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން ކަސްޓަމްސްގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާ މި ސާރވިސްގެ ފޯރމް ނަންބަރު: MCS-106 (ޑިއުޓީ މަޢާފުކުރުމަށް އެދޭ ފޯމު / (APPLICATION FOR DUTY EXEMPTION) އަކީ އެކިއެކި މުއައްސަސާތަކުން ޑިއުޓީ މަޢާފުކޮށްދޭ މުދަލުގެ މައުލޫމާތު ފަސޭހަ ކަމާއިއެކު ކަސްޓަމްސް އަށް ހުށަހެޅުމަށްޓަކައި ތަޢާރަފްކުރެވިފައިވާ ފޯމެކެވެ.

           ނަމަވެސް ސަރުކާރުގެ އިދާރާއަކުން ޑިއުޓީ މަޢާފްކުރާ މުދަލުގެ މައުލޫމާތު މިސަރވިސްއަށް ލިޔުމުން އަންގާތީއާއި، ޑިއުޓީ މަޢާފްކޮށް ސަރުކާރުގެ އިދާރާއިން ދޫކޮށްފައިވާ ސިޓީވެސް ކަސްޓަމްސްއަށް ހުށަހަޅަމުންދާތީ އާއި، މި ފޯމްގައި އެކުލެވޭ ހުރިހާ މައުލޫމާތަކީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ މަރުޙަލާގައި "އަސިކުޑާ ވާރލްޑް" ޕްރޮގްރާމް މެދުވެރިކޮށް ކަސްޓަމްސްއަށް ޑިކްލެއާކުރާ މައުލޫމާތަށްވާތީ، ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިއުން މަދުކުރުމާއި ފޯރުކޮށްދޭ ޙިދުމަތް އަވަސްކުރުމުގެ ގޮތުން މިފޯމު ހުށަހަޅަންނުޖެހޭގޮތަށް ހަމަޖައްސާފައިވެއެވެ.

ވީމާ، 2021 ސެޕްޓެމްބަރ 15 ވަނަ ދުވަހުން ފެށިގެން، ޑިއުޓީ މަޢާފްކޮށްފައިވާ މުދަލަށް ޑިކްލަރޭޝަން ހުށަހަޅާއިރު މަތީގައިދެންނެވުނު ފޯމް (MCS-106) މިސަރވިސްއަށް ހުށަހަޅަން ނުޖެހޭނެ ވާހަކަ އާންމުކޮށް އެއްގުމަށްޓަކައި އިޢުލާންކުރީމެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް، އެކިއެކި އެއްބަސްވުންތަކުގެދަށުން ޑިއުޓީ މަޢާފްވާ މުދަލަށް، އެ އެއްބަސްވުމުގެ ޑިއުޓީ މަޢާފްވާ އާޓިކަލް/ކްލޯސް ނަންބަރު ނުވަތަ އެކި މުއައްސަސާތަކުން ޑިއުޓީ މަޢާފްކުރާ މުދަލަށް އެ މުއައްސަސާއަކުން ދީފައިވާ ސިޓީ ނަންބަރު "އަސިކުޑާ ވަރލްޑް" ގެ އެމައުލޫމާތު އެންޓަރކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި ބަޔާންކުރަންޖެހޭގޮތަށް ހަމަޖެހިފައިވާތީ، ޑިއުޓީ މަޢާފްވާ މުދަލަށް ގުޑްސް ޑިކްލަރޭޝަން ފުރިހަމަކުރާއިރު، އެމައުލޫމާތު އެންޓަރކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމެވެ.

02 ސެޕްޓެންބަރު 2021