ދިވެހިރާއްޖެ
ޤަވާއިދާ ޚިލާފަށް ލިޔެކިޔުންތައް ހަމަނުކޮށް މިރަށުގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ރަޖިސްޓަރީ ވުމަށް ބޭނުންވާ ބިދޭސީން ރަޖިސްޓަރީ ވުމަށް ހިންގޭ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް މިހިނގާ ސެޕްޓެންބަރު މަސް ތެރޭގައި މިކައުންސިލާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމަކީ ޤަވާއިދާ ޚިލާފަށް ލިޔެކިޔުންތައް ހަމަނުކޮށް ރަށްރަށުގައި މަސައްކަތް ކުރަމުންގެންދާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ
ވީމާ، މިޕްރޮގްރާމްގެ ދަށުން ރަށުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދެއްވާ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ދެންނެވީމެވެ. އަދި މިޕްރޮގްރާމަށްފަހު ރަޖިސްޓަރީ ނުވާ ފަރާތްތައް ރަށުގައި ނުތިބެވޭނެ ވާހަކަ ބިދޭސީން ވަޒީފާތަކުގައި ގެންގުޅުއްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.