ތަމްރީނު
ނަންބަރު: (IUL)30-A4/30/2021/176
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި:
22 ސެޕްޓެންބަރު 2021 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުޞަތު
SAC PhD Scholarship
ކޯހުގެ ދާއިރާ/ ކޯހުގެ ފެންވަރު: ޕީ.އެޗް.ޑީ އިން އެގްރިކަލްޗަރަލް އިކޮނޮމިކްސް
ޤައުމު: ސްރީލަންކާ
ކޯހުގެ ޝަރުތު:
- އެގްރިކަލްޗަރަލް އިކޮނޮމިކްސް/ އިކޮނޮމިކްސް/ އެގްރިކަލްޗަރަލް މާރކެޓިންގ އެންޑް ކޯޕަރޭޝަން އިން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
- ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް ވުމާއެކު މިދާއިރާއިން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- 30 ސެޕްޓެންބަރ 2021 ގެ ނިޔަލަށް އުމުރުން 40 އަހަރު ވެފައިނުވުން.
- މީގެއިތުރުން މިޢިއުލާނާއިއެކު އަޕްލޯޑްކުރެވިފައިވާ ކޯހުގެ މަޢުލޫމާތު ޝީޓުގައި ހިމެނޭ އެހެނިހެން ޝަރުތުތަށް ފުރިހަމަވުން.
ހުށަހަޅަންޖެހޭ ތަކެތި:
- އެޕްލިކޭޝަން ފޯމް
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ފުލް ޓްރާސްކްރިޕްގެ ކޮޕީއާއެކު އެޓެސްޓް ކުރެވިފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ
- މިޢިއުލާނާއެކު އަޕްލޯޑްކުރެވިފައިވާ ކޯހުގެ މަޢުލޫމާތު ޝީޓުގައި ހިމެނޭ އިތުރު ލިޔުންތަށް ހުށަހަޅަންޖެހޭ ތަކެތި:
ސުންގަޑި: 22 ސެޕްޓެންބަރ 2021 ވަނަ ދުވަހުގެ 13.00 ގެ ކުރިން މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް ފޮނުއްވުން އެދެމެވެ. ކޯހަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339241 އަށް ގުޅުއްވުން އެދެމެވެ.
02 ސެޕްޓެންބަރު 2021