މަސައްކަތް
ނަންބަރު: GS39/2021/18
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 12 ސެޕްޓެންބަރު 2021 11:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ދެފާޚާނާ އެޅުމުގެ މަސައްކަތް

                                                                            އިޢުލާން

 

                                                                                                                             ނަމްބަރ: GS039/2021/18

 

ދެފާޚާނާ އެޅުމާއި ގުޅޭ

 

        މި ސްކޫލުގެ ދެފާޚާނާ އަޅައިދޭނެ ފަރާތެއް ހޯދުމަށް 30 އޮގަސްޓް 2021 ގައި ކުރެވުނު އިޢުލާން   ނަންބަރ     GS39/2021/16  އާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން  ހާޟިރުވެފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

       މިސްކޫލްގެ ދެފާޚާނާ އެޅުމުގެ މަސައްކަތް ސްކޫލުން ދައްކާ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުއްވެއްޖެއެވެ.

        މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500314 ނަންބަރު ފޯނާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލު އޮފީހަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2021