ދިވެހިރާއްޖެ
|
|
މަގާމު |
އޮގްޒިލަރީ ފަޔަރމަން |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު 1,500.00 ރުފިޔާ |
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަން/ ދ.ކުޑަހުވަދޫ |
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ޙާދިޘާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ޙާދިޘާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ. |
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2021 ސެޕްޓެންބަރު 9 ވާ ބުރާސްފަތި ދުވަހު 12.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |