ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/25
އިޢުލާން |
ޖަމާލުއްދީން ލައިބްރަރީއަށް ބަދަލުގެނެސް އެއިމާރާތް މަރާމާތު ކުރުން
މިކައުންސިލުންދޭ ކުރެހުމާއި،މަޢުލޫމާތާއި އެއްގޮތަށް މިރަށު ޖަމާލުއްދީން ލައިބްރަރީ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)421/421/20214/18 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު މިމަސައްކަތަށް ލިބިފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށްފެންނާތީ އެއިއުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރ މަހުގެ 02 ވަނަ ދުވަހުންފެށިގެން ސެޕްޓެމްބަރ މަހުގެ 12 ވަނަދުވަހާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން:
- މަސްޢޫލުވާ ފަރާތުގެ ނަން:
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ:
- އީމެއިލް އެޑްރެސް:
- ގުޅޭނެ ފޯނުނަންބަރު:
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
އަންދާސީ ހިސާބް ހުށަހެޅުން
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
15 ސެޕްޓެމްބަރ 2021 |
ބުދަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
24 މުޙައްރަމް 1443
02 ސެޕްޓެމްބަރ 2021
ޚާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް