ދިވެހިރާއްޖެ
ނަންބަރު: (IUL)345-CAA/345/2021/163
އިޢުލާން
|
މިރަށު މަސްޖިދުލް ފަލާޙް އާއި ހުކުރު މިސްކިތުގެ މަސައްކަތު މުވައްޒަފުން އަހަރީ ޗުއްޓީ އަދި ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖު އެމްޕްލޮއިމަންޓް އުސޫލުން ޕޫލް އެކުލަވާލުމަށް ޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތް ތަކަށް ފުރުސަތު ހުޅުވާލަމެވެ. |
||
މަޤާމު: |
މަސައްކަތު |
|
މަޤާމުގެ ގިންތި: |
ވަގުތީ 01 އަހަރު ދުވަސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ ޢިދާރާ / މަސްޖިދުލް ފަލާޙް އަދި ހުކުރުމިސްކިތުގައި. |
|
މަސައްކަތުގެ އުޖޫރަ: |
މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/45 |
|
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މިއޮފީހުން ކަނޑައަޅާ ގޮތަށް ކަނޑައަޅާ މިސްކިތެއްގައި ސްޕަވައިޒަރު އަންގާ ގޮތެއްގެމަތިން މިސްކިތްފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން. 2. ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ފާޚާނާއާއި އިސްކުރު ބަރި ސާފުކުރުން. 3. ކޮންމެ ނަމާދުވަގުތެއްގެ 15މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓްތައް ދިއްލުމާއި، ފަންކާހުންނަ ތަންތަނުގައި ފަންކާޖެހުން. އަދި ޖަމާއަތުގައި ނަމާދުކޮށް ނިމުމުން މީހުން ނެތް ދިމަދިމާލުގައި ހުންނަ ލައިޓްތަކާއި ފަންކާތައް ނިއްވައި ދޮރުތައް ލެއްޕުން. 4. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން. 5. މިސްކިތުގެ ގޯތި ތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ހެދުން. 6. ގޯތި ތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން. 7. އޮފީހުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން. 8. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަސޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަންކުރުން. 9. މިސްކިތުގެ ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. 10. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން. 11. މިސްކިތުގައި ހުރުމަތްކެނޑޭފަދަ ޢަމަލެއް ނުވަތަ އިޖްތިމާއީ މިންގަޑުތަކާއި ޚިލާފު ޢަމަލެއް މިސްކިތު ސަރަޙައްދު ތެރޭގައި ނުކުރުމާއި އެފަދަ ކަންކަން ބެލެހެއްޓުން. 12. މިސްކިތް ބެލެހެއްޓުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން. 13. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 14. ކައުންސިލް އިދާރާގެ މަސައްކަތާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ސެޕްޓެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ ޢިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ސެޕްޓެމްބަރ 2021 އާއި 19 ސެޕްޓެމްބަރ 2021 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްޢިދާރާ ގައެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |